Advertisement

ނޭދެވޭ އަމަލުތައް ހިންގާ ޑްރައިވަރުންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބެލިނަމަވެސް ފިޔަވަޅެއް ނާޅާ: ޑްރައިވާސް އެސޯސިއޭޝަން

ޓެކްސީ ޑްރައިވަރުން ބޭއްވި މުޒާހަރާއެއް... ފޮޓޯ: ވޮއިސް

ޓެކްސީކުރާ ޑްރައިވަރުންގެ ތެރެއިން މަދު ބައެއްގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތަކުގެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބެލިނަމަވެސް އެފަދަ މީހުންނާމެދު ފިޔަވަޅު އަޅަމުން ނުދާކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުނެފިއެވެ.

ޓެކްސީ ޑްރައިވަރަކު އަންހެން ފަސެންޖަރަކަށް ފުރައްސާރަކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުނީ ޓެކްސީ ޑްރައިވަރެއްކަމަށްވާ އިބުރު ނަމަކަށް ކިޔާ ފަރާތަކުން ސަރުކާރުން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގެއް ދިނުމަށްއެދި އަންހެން ފަސެންޖަރަކަށް މަޖުބޫރުކޮށް އަދި ފުރައްސާރަކުރިކަމަށްބުނާ މައްސަލަ އެ އެސޯސިއޭޝަނުން ކުއްވެރިކުރާ ކަމަށެވެ. 

މިފަދަ އަމަލުތަކަކީ އެޖަމިއޔްާއިން ހިތްވަރުދޭނޭ ކަމެއްނޫންކަން ފާހަގަކުރަމުން ޑްރައިވާސް އެސޯސިއޭޗަނުން ބުނީ އެއީ ޓެކްސީ ދާއިރާގެ އަސާސްތަކާއި ބީރައްޓެހި އަދި ދާއިރާގެ ނަން ކިލަނބުކުރުމަށްހިންގާ ފިނޑި އަމަލެއްކަމަށެވެ. ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުނީ ތަކުރާރުކޮށް އެފަދަ ކަންކަމުގައި ކަންބޮޑުވުން ފާޅުކުރިނަމަވެސް، ކަމަާބެހޭ ފަރާތްތަކުން އެފަދަ އަމަލުތައް ހިންގާ މަދު ޑްރައިވަރުންގެ މައްސަލަ ބަލައި ތަހްޤީޤްކުރުމަށްފަހު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމަކީ މިފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއްކަމަށް އެޖަމިއްޔާއިން ދެކޭކަމަށް ވަނީ ބުނެފައެވެ.

Advertisement

ޓެކްސީ ޑްރައިވަރުންގެ ބޮޑުބަޔަކީ ޕްރޮފެޝަނަލިޒަމާއެކު ރައްޔިތުންނަށް ހިދުމަތްކުރާ ބައެއް ނަމަވެސް އެ ހިދުމަތަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި އެފަދަ އަމަލެއް ހިންގާކަން ސާބިތުވާނަމަ އެކަމާމެދު އެކަށީގެންވާ ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް ޑްރައިވަރުންގެ އެސޯސިއޭޝަނުން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

އެ އެސޯސިއޭޝަނުން ބުނީ އެފަދަ ނޭއްގާނީ ކަންކަމުގައި ހުރިހާ ޓެކްސީ ޑްރައިވަރުންނަށް އަމާޒުވުމަކީ ވަރަށްބޮޑު ބޭއިންސާފެއްކަމަށާއި، ޑްރައިވަރުންގެ އަހުލާގާއި ސުލޫކީ މިންގަނޑު އޭގެ އެންމެ ރީތި މިންގަނޑުގައި ހިފެހެއްޓުމަށް ގޮވާލާކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement