މާލެސިޓީ ކައުންސިލުން އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާކަން އިއުލާނުކުރުން.. ފޮޓޯ މާލެސިޓީ ކައުންސިލް
ހަބަރު
05 Feb 2025 | 22:51
މާލެސިޓީ ކައުންސިލުން އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން ނިންމައިފި

މިއަހަރު ބޭއްވުމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި މާލެސިޓީ ކައުންސިލުން ބައިވެރިވާން ނިންމާފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން މާލެސިޓީ ކައުންސިލުން ބުނީ، މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 182 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި އެކައުންސިލްގެ ފަރާތުން އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާގޮތަށް ނިންމާފައިވާކަމަށެވެ. މާލެސިޓީ ކައުންސިލުން ވަނީ މައުރަޒުގައި ބައިވެރިވުމާ ގުޅޭގޮތުން ބިޒުނަސް ސެންޓަރ ކޯޕަރޭޝަނާ ބައްދަލުކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މާލެސިޓީ ކައުންސިލްގެ މޭޔަރުގެ ނައިބު، އަޙުމަދު ނަރީޝް ވިދާޅުވީ، ބީސީސީއާއެކު ކުރެވުނު މަޝްވަރާއިން ނިންމީ، މާލެ ސިޓީކައުންސިލަށް 15 އައިޓަމް ބައިވެރި ކުރުމުގެ ފުރުޞަތުދޭ ގޮތަށް ކަމަށާއި، މީގެ އިތުރުން ވަކިވަކިން ތަކެތި އުފައްދައި ބައިވެރިކުރުމުގެ ފުރުޞަތު އެ ކަމަށް އެދޭ ފަރާތްތަކަށް ދިނުމަށް ނިންމި ކަމަށެވެ. 

މިއަދު ބޭއްވި މާލެސިޓީ ކައުްނސިލް ޖަލްސާގައި ވަނީ މަޢުރަޒުގައި ބައިވެރިކުރާނެ ތަކެތި އުފައްދަނެ ފަރާތްތައް ހޯދުމަށް މާލެ ސިޓީގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ހިމޭނޭ ގޮތަށް އިޢުލާންކޮށް އެ ކަމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތުދީ އެ ފަރާތްތަކުން ހުށަހަޅާ ތަކެތި، މާލެ ސިޓީކައުންސިލުގެ ނަމުގައި ބައިބައިވެރިކުމަށް ނިންމާފައެވެ. އަދި ވަކިވަކިން ތަކެތި އުފައްދައިގެން ވަކިވަކި ފަރުދުންގެ ނަމުގައި އެ ތަކެތި މަޢުރަޒުގައި ބައިވެރިކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ބޭފުޅުންގެ ނަމުގައި އެ ތަކެތި މަޢުރަޒުގައި ބައިވެރިކުރުމުގެ ފުރުޞަތު ދިނުމަށް ވެސް، ކައުންސިލް ޖަލްސާއިން ވަނީ ނިންމާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި މިއަހަރު މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. މި މައުރަޒު ބޭއްވުމަށް ނިންމާފައިވަނީ މެއިމަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ