ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިން
ހަބަރު
06 Feb 2025 | 12:45
ވިލިނގިލީގައި ވިހެއުމަށްފަހު މަންމައާއި ދަރިފުޅު ނިޔާވި މައްސަލަ ބަލަނީ

ގއ. ވިލިނގިލި ހޮސްޕިޓަލުގައި ރޭ ވިހެއުމަށްފަހު މަންމަ ނިޔާވިތާ މާ ގިނައިރު ނުވަނީސް ދަރިފުޅު ނިޔާވުމުގެ ހާދިސާ މެދުވެރިވީ ހޮސްޕިޓަލުގެ އިހުމާލުންތޯ ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ. 

ހެލްތު މިިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވޮއިސް" އަށް ކަށަވަރުކޮށްދިން ގޮތުގައި މި މައްސަލަ މިނިސްްޓްރީ އިން ބަލަން ފަށާފައި ވެއެވެ. ނަމަވެސް  މި މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައި  ނުވެެއެވެ.

"ވޮއިސް" އަށް މައުލޫމާތު ދެމުން ގއ. ވިލިނގިލީގެ ރައްޔިތަކު ބުނީ ނިޔާވި އަންހެންމީހާގެ ދެ ދަރިން ތިބޭ ކަމަށެވެ. ރޭ ނިޔާވެފައި އޭނާގެ ތިން ވަނަ ދަރިފުޅެވެ.  އޭނާ ބުނީ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ މާބަނޑު އަންހެންމީހާއާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނިޔާވާން މެދުވެރިވީ އެއާ އެމްބިއުލާންސްއަށް އެރުމުގެ ތެރެއިން އޮކްސިޖަން މަދުވުމާއި ގުޅިގެންނެވެ. 
ބަނޑަށް 8 މަސް ފުރުނު އެ ބަލިމީހާ އިއްޔެ ހަވީރު ސިޒޭރިއަން ހެދުމަށްފަހު ހޭނާރައިގެން ދަރިފުޅާއި ދެމީހުން ވެންޓިލޭޓަރަށް ލާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ސިޒޭރިއަން ހެދި ވަގުތުވެސް ބަލިމީހާ ހުރީ ވަރަށް ބޮޑަށް އަރިދަފުސް ރޯގާ ޖެހިފައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެެވެ. އިތުރު ފަރުވާއަށް އެދެމައިން މާލެ ގެންދިއުމަށް ލަސްވުމުން ރަށުގެ ބައެއް ރައްޔިތުން ހޮސްޕިޓަލް ކުރިމަތީގައި އަޑުގަދަކޮށް ނުރުހުންވުން ފާޅުކޮށްފައި ވެއެވެ. 

މައުލޫމާތު ލިބޭގޮތުގައި ގއ . އަތޮޅު ހޮސްޕިޓަލުން މާބަނޑު މީހާއަށް ފަރުވާ ނުލިބި ގިނަ އިރުތަކެއްވެ އެއަރ އެމްބިއުލަންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ނުފުރި ލަސްވެފައި ވެއެވެ. 

އާސަންދަ ނިޒާމްގެ ތެރެއިން ފަރުވާ ލަސްވުމާއި ހޮސްޕިޓަލުން ބަލިމީހުންނަށް އިހުމާލުވުމުގެ މައްސަލަތައް މީގެ ކުރިންވެސް ވިލިނގިލި ހޮސްޕިޓަލުގައި ދިމާވެފައިވާ ކަމަށް ވިލިނގިލީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.