ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް---ފޮޓޯ: ޕީއެސްއެމް ނިއުސް
ހަބަރު
06 Feb 2025 | 13:18
މިއަހަރު ތެރޭ އިތުރު 6 ރިސޯޓް ހުޅުވިގެންދާނެ: ޓޫރިޒަމް މިނިސްޓަރ

މިއަހަރު ތެރޭ 6 ރިސޯޓް ހުޅުވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމުގައި ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. 

ދާދި ފަހުން ފަތުރުވެރިކަމުގެ ދާއިރާއާއި ހަވާލުވެވަޑައިގަތް މިނިސްޓަރ ޠާރިޤު ވިދާޅުވީ މިހާރުވެސް ރާއްޖޭގައިި 176 ރިސޯޓްގެ އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށެވެ. އޭގެ އިތުރުން 165 ރިސޯޓް ހެދުމުގެ މަސައްކަތް އެބަކުރިއަށްދާ ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވިއެވެ. ނަމަވެސް ބައެއް ރިޒޯޓްތަކުގެ މަސައްކަތް ހުއްޓިފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

އޭގެ ތެރެއިން ގާތްގަނޑަކަށް 6 ރިސޯޓް މިއަހަރު ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ ލަފާކުރެއްވިއެވެ. 

"އަޅުގަނޑުމެން ވަރަށް ގާތުން މި ބަލަނީ ޝެޑިއުލްތަކުންނާއި އެބޭފުޅުން ކުރައްވާ މަސައްކަތްތަކަށް. މިދެންނެވި އަހަރަށް ހުޅުވޭއިރު އިތުރު 1290 އެނދު އިތުރުވެގެންދާނެ"

މިނިސްޓަރ ޠާރިޤު އިބްރާހީމް

މިނިސްޓަރ ވިދާޅުވީ މި ކުރިއެރުމާއެކު ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެ ކަމަށެވެ. މިހާތަނަށް ތިމާވެށީގެ ވުޒާރާ ހިންގަވަމުން ގެންދެވި ޠާރިޤު ވަނީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ފަތުރުވެރިކަން ކުރުމަށް އިސްކަން ދެއްވުން މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ރިޒޯޓްތަކަށް ޒިޔާރަތްކުރުމަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ޓްރެންޑެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. 

ދާދި ފަހުން ޓޫރިޒަމް މިިނިސްޓްރީއާއި އެންވާރަމެންޓް މިިނިސްޓްރީ އެއްކުރި ވާހަކައަށްވެސް މިނިސްޓަރ ވަނީ މި ޕްރޮގްރާމް ތެރެއިން އިޝާރާތްކުރައްވާފައެވެ. އެގޮތުން، ދެ މިނިސްޓްރީ އެއްކޮށްލި ނަމަވެސް ފަތުރުވެރިކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކުޑަނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވާފައި ވެއެވެ. ދެ ވުޒާރާ އެއްކޮށްލީމަ، މަސައްކަތުގެ ދާއިރާގައި އަދި ރާއްޖޭގެ ތިމާވެށީގެ ދާއިރާއަށް ލިބޭ ފައިދާ މާ ބޮޑުކަމަަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.