އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު: ފޮޓޯ/ ވޮއިސް
ހަބަރު
06 Feb 2025 | 13:55
ރައީސް މުޢިއްޒު ކުރިން ވެވަޑައިގެންނެވި ވަޢުދުތައް ނުފުއްދަވައި އައު ވަޢުދުތައް ވުމަކީ ކުރެއްވި ބޮޑު ޖެއްސުމެއް: ޝާހިދު

ފާއިތުވި އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ މުޙައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ, މިއަދު އާ ވައުދުތަކެއް މަތިމައްޗަށް ވެވަޑައިގެންނެވުމަކީ ގާނޫނު އަސާސީން އެމަނިކުފާނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތަށް އެމަނިކުފާނު ވެވަޑައިގެންނެވި ބޮޑު އިހުމާލެއް އަދި ކުރެއްވި ޖެއްސުމެއް ކަމުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ދަނިކޮށް އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ބޭރުގައި އިހްތިޖާޖު ކޮށްފައިވާއިރު، މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެންބަރުންވެސް ވަނީ އިހްތިޖާޖު ކޮށްފައެވެ.

އެހެންކަމުން، ރިޔާސަތުން ވަނީ އެމްޑީޕީ 9 މެންބަރެއްގެ ނަން އިއްވަވައި، މަޖިލީހުގެ ތަޅުމުން ބޭރުކުރައްވާފައެވެ.

އެކަމާއި ގުޅިގެން ނުރުހުން ފާޅުކުރައްވައި، ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ, މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއް ބަންދުކޮށްފައިވާ ކަމަށެވެ.

މިއަދު އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ, މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއް ބަންދުކޮ، އަސްކަރީ ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނެރެ, ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ބައިތިއްބައިގެން ރައީސް މުއިއްޒު މިއަދު އިވެވި ރިޔާސީ ބަޔާނުން ހާމަވީ, މިސަރުކާރުން ޑިމޮކްރަސީގެ އެންމެހާ އަސާސްތަކެއް ފުނޑާލަމުން ދާކަން.

އަބްދުالله ޝާހިދު

‏މިއާއެކު ޝާހިދު ވިދާޅުވީ, ރައީސް މުއިއްޒުއަށް އިނދިކޮޅުގެ އަޑު ފަނޑު ކޮށެއް ނުލެވޭނެ, ކަމަށެވެ.

އަދި މިސަރުކާރު ޒިންމާދާރުކޮށް, ގާނޫނު އަސާސީ ހިމާޔަތް ކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
Mohamed Rasheedޝާޝާ
އެއްވެސް ސަރުކާރެއްގެ އެއްވެސް ރައީސަކު ތިލަފައްޗެއް ނޫނެވެ. ފުރަތަމަ ބަރި ފުރިހަމަނުކުރައްވައި ފަސްވަނަބަރި ފުރިހަމަކުރެއްވޭތޯ ކޮންމެ ރައީސަކުވެސް ބައްލަވަނީ : ޝާހިދުމެންގެ ސަރުކާރުވެސް އަހުރެމެން ރައްޔިތުން ދުއްޓެވެ.
06 Feb 2025
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.