އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެެހޭ ވަޒީރު ޢާއިޝަތު ޝިހާމް---ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ހަބަރު
08 Feb 2025 | 10:51
ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް، ހާއްސަހިޔާތައް ތިން ސަރަހައްދެއްގައި ޤާއިމްކުރަނީ!

ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް, ޤާއިމްކުރާ ހާއްސަ ހިޔާތަކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނޭކަމަށް ޢިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެެފިއެވެ.

"ވޮއިސް"އަށް މައުލޫމާތު ދެމުން ސޯޝަލް މިނިސްޓްރީގެ މީޑިއާ އޮފިސަރު ވިދާޅުވީ، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހިޔާތަށް އެޅުމަށް ނިންމާފައިވާކަމަށެވެ. ހިޔާތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ތިން ސަރަހައްދަކީ ހުޅުމާލެ، އައްޑޫ ސިޓީގެ ހިތަދޫ އަދި ރ. އުނގޫފާރެވެ. އޮފިސަރު ވިދާޅުވީ މި ހިޔާތަކުން ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާއެކު، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ތަފާތު އެކި ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

ހިޔާތައް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ފެށިގެންދާނީ މިއަހަރުގެ ތެރޭގައި އައްޑޫސިޓީގައެވެ. އެގޮތުން އައްޑޫސިޓީގައި ހިޔާ ޤާއިމްކުރުމަށް ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް މިހިނގާ ފެބުރުއަރީމަހުގެ ތެރޭގައި އިއުލާނުކުރެވޭނޭކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މަސައްކަތް މުޅިންނިމި އަންނަ އަހަރުގެ ތެރޭގައި ހިދުމަތް ދެވެން ފަށާނޭ ކަމަށްވެސް މިނިސްޓްރީން ލަފާކުރެއެވެ. އައްޑޫސިޓީއަށްފަހު ދެން ހިޔާގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރ.އުނގޫފާރުގައެވެ.

މި މަޝްރޫއުއަކީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ކުރިޔަށް ގެންދާ 'ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް މަޝްރޫޢުއެކެވެ. މިއީ ދިވެހި ސަރުކާރުގެ މެނިފެސްޓޯ 2023-2028 ގައި ގެވެށި އަނިޔާ ހުއްޓުވުމާއި، އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިވުމަށް ހުރި ހުރަސްތައް ނައްތާލުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތްތަކެކެވެ.

ތިން ސަރަހައްދުގައި ތަފާތު ތިން ކޮންސެޕްޓަކަށް ހިޔާތައް ހިންގުމަށް ސޯޝަލް މިނިސްޓްރީ އިން ވަނީ ރާވާފައެވެެ. އެގޮތުން މާލެ ސަރަހައްދުގެ އާބާދީއާއި އަނިޔާ ލިބޭ ފަރާތްތައް ނިސްބަތުން ގިނަކަމަށްވާތީ، ހުޅުމާލޭ ހިޔާ ޚާއްސަކޮށްފައިވަނީ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓްރީ އިން މައުލޫމާތުދީފައި ވެއެވެ. އެއްފަހަރާ ގިނަ  މީހުން މި ހިޔާގައި ބޭތިއްބޭނެ ކަމަށް މިނިސްޓްރީ އިން ބުނެފައި ވެެއެވެ. މި ހިޔާއިން ނަފްސާނީ ފަރުވާއާއި ކައުންސިލިންގ ދިނުމާއި، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް މިނިސްޓްރީ އިން ހަމަޖައްސައިދޭނެއެވެ.

ސޯޝަލް މިނިސްޓްރީ އިން ބުނީ އައްޑޫ ސިޓީއާއި ދެކުނުގެ އެހެނިހެން ރަށްރަށުގެ އާބާދީއަށް ޚާއްސަކޮށް ހިތަދޫގައި ގާއިމުކުރާ ހިޔާގައިވެސް އެއް ފަހަރާ 44 މީހުން ބޭތިއްބޭނެ ކަމަށެވެ. ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި ބޭނުންވާ މުހިއްމު އަސާސީ އެހީތެރިކަމުގެ އިތުރުން، މި ސަރަޙައްދުގައި އަންހެނުންނަށް އިގްތިސާދީ ބާރުވެރިކަން ހޯދައިދިނުމަށް އެކި ކަންކަން ކުރުމަށްވަނީ ރޭވިފައެވެ. މިކަމުގެ މައިގަނޑު އެއް މަގްސަދަކީ ޢާއިލާ ރޫޅިގެންދާ ހާލަތްތަކުގައި، އަދި ތަފާތު އެހެނިހެން ގޮތްގޮތުން ނާޒުކު ހާލަތްތައް ކުރިމަތިވާ އަންހެނުންނަށް އަމިއްލައަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމަށް އެހީތެރިވުން ކަމަށް މިނިސްޓްރީއިން ބުނެފައި ވެެއެވެ. 

މިނިސްޓްރީ އިން ބުނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ދައުލަތުގެ ރައްކާތެރިކަން ހޯދާ ފަރާތްތައް މެދު ރާއްޖެެތެރޭގައި މާލެ ސަރަހައްދާއި އައްޑޫސިޓީ އަށްވުރެ ނިސްބަތުން މަދު ކަމަށެވެ. އެހެންކަމުން ރ. އުނގޫފާރުގައި ގާއިމުކުރާ ހިޔާގައި މީހުން ބޭތިއްބުމުގެ އިންތިޒާމްގެ އިތުރުން، ބޮޑު އަހައްމިއްޔަތުކަމެއް ދޭނީ އަންހެނުންނާއި އަންހެންކުދިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ކަމަށް މިނިސްޓްރީ އިން ބުނެފައި ވެއެވެ.

އެގޮތުން އަނިޔާގެ ޝިކާރައަކަށް ނުވުމަށް ޅައުމުރުފުރާއިން ފެށިގެން ސަމާލުކަންދިނުމާއި، އެފަދަ ހާލަތްތަކުގައި އާއިލާއާއި ވަށައިގެންވާ މުޖްތަމައުގެ އެހީތެރިކަން ހޯދާނެ ގޮތްތައް ދަސްކޮށްދިނުން ފަދަ ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީ އިން ރާވާފައި ވެއެވެ. އެހެންކަމުން އުނގޫފާރު ހިޔާއަކީ ޕްރިވެންޝަނަށް ޚާއްސަވެގެންދާނެ ތަނެކެވެ.
މީގެ ދެ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ވައަލެންސް ޝެލްޓަރސްތަކެއް ޤާއިމުކުރުމަށް ރާވާފައިވާ ކަމަަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން ފުރަތަމަ ޝެލްޓަރގެ މަސައްކަތް އައްޑޫސިޓީގައި ފެށުމަށް މި ފެބްރުވަރީ މަސްތެރޭގައި އިޢުލާނުކުރެވި، 1 އަހަރު ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ފޯރުކޮށްދޭން ފެށޭނެކަން ރައީސް ހާމަކުރެއްވިއެެވެ. 

މީގެ އިތުރަށްވެސް ރައީސް ވަނީ  ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަށް 500 ޒުވާނުންނަށް އަމާޒުކޮށްގެން މި އަހަރުގެތެރޭގައި ތަމްރީނު ޕްރޮގްރާމުތަކެއް ހިންގުމަށް ކަނޑައަޅާފައިވާ ކަމަށްވެސް ރިޔާސީ ބަޔާން މެދުވެރިކޮށް ހާމަކުރައްްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.