ސްޕްރީމްކޯޓް
ހަބަރު
08 Feb 2025 | 21:22
ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ވަކިކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުން: އެމްޑީޕީ

ސަރުކާރުން ރާވައިގެން ސްޕްރީމްކޯޓުގެ 3 ފަނޑިޔާރަކު ވަކިކުރަން އުޅޭކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

ސްޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެ، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސްޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެމްޑީޕީން ބުނީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވަން އުޅެނީ ސިޔާސީޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ މަޤާމު ގެއްލުވާލެވޭގޮތަށް ޤާނޫނު އަސާސިއަށް ގެނައި އިސްލާހް ބާތިލްކުރުމަށް ކަނޑައެޅުމަށް ކޯޓަށް ވައްދާފައި އޮތް މައްސަލައަށް ނުފޫޒު ފޯރުވުމަށްކަމަށެވެ. އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ، ކެންދޫ ދައިރާގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަލީ ހުސައިން އެވެ.

އެމްޑީޕީން ބުނީ ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ސަރުކާރުން ރާވަމުންދާއިރު، ހުސްވާ މަޤާމުތަކަށް މިހާރުގެ ޕީޖީ، އައްބާސް ޝަރީފްގެ އިތުރުން ސަރުކާރުގެ ސިޔާސީ މަޤާމުތައް ފުރުއްވަމުން ގެންދަވާ ދެ ބޭފުޅަކު އައްޔަނުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެމްޑީޕީން ބުނީ ސްޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައި އޮތް ކޯޓަކަށް ހެދުމަކީ އެމްޑީޕީ ސަރުކާރުގައި ހޯދުނު އެންމެބޮޑު ކާމިޔާބުކަމަށެވެ.

އެމްޑީޕީން ބުނީ ސްޕްރީމްކޯޓުގެ ފަނޑިޔާރުން ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކީ އަދުލުވެރި އަދި ރައްޔިތުންގެ އިތުބާރުއޮތް ޖުޑިޝަރީއެއް ހޯދުމަށް ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށާއި ސްޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާކަމަށެވެ. އެމްޑީޕީން ބުނީ ސަރުކާރުން ކުރާ މިފަދަ ނެއްގާނީ ކަންކަމާ ދެކޮޅަށް އެޕާޓީން އަބަދުވެސްަ ތެދުވާނޭ ކަމަށެވެ.

ކޮމެންޓް
ޑިވެހިންގެ ރާއްޖެ.
ސްޕްރީމް ކޯރޓްގެ ފަޑިޔާރުން ނަކީ އެމް،ޑީ،ޕީ، ޗޯރުއިބްރާހިމް ވެރިކަމުގައި ވައްދާފަތިބިބަޔެއް ވަކިކުރުން މައްސަލައެއްނޫން.
08 Feb 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.