ފައްޔާޒް
ހަބަރު
08 Feb 2025 | 22:44
ނަތީޖާއިން ސާފުވީ، ބިރު ފަހަނައަޅައި ރައްޔިތުން ނުކުންނާނެކަން: ފައްޔާޒު

މިއަދު ބޭއްވުނު ބައި އިލެކްޝަން ނަތީޖާއިން ސާފުވެގެންދިޔައީ، ސަރުކާރުން ބިރު ދެއްކި ނަމަވެސް ބިރު ފަހަނައަޅައި ރައްޔިތުން ނުކުންނާނެކަން ކަމަށް އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ 12 ރަށެއްގެ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގެ އިންތިހާބު ޕީއެންސީން ވަނީ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައެވެ. އިންތިހާބާ ގުޅޭގޮތުން ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި ސަރުކާރު ނުކުމެ ދައުލަތުގެ މުދަލާއި ބާރުގެ ބޭނުންކޮށް ބަހަމުންދިޔަ ފައިސާ އާއި ވަޒީފާތަކުގެ ކުރިމަތީގައި އެމްޑީޕީގެ މެމްބަރުން މިއަދު ހޯދީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކަށް އެމްޑީޕީން ނުކުންނާނީ މިއަދުގެ ނަތީޖާތަކުން ހިތްވަރު ހޯދައިގެން ކަމަށެވެ. ފައްޔާޒް ވަނީ މި އިންތިހާބުތަކުގައި އެމްޑީޕީއަށް މަސައްކަތް ކޮށްދެއްވައި ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. 

ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން 13 ގޮނޑީގެ ތެރެއިން ޕީއެންސީން ވަނީ 9 ގޮނޑި ނަގާފައެވެ. އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް 2 ގޮނޑި ލިބުނުއިރު، އަމިއްލަގޮތުން ވާދަކުރި ދެ ކަނޑިޑޭޓަކުވެސް އިންތިހާބު ކާމިޔާބުކޮށްފައެވެ. މިއަދު ބޭއްވި ބައި އިެލކްޝަނުގައި އެމްޑީޕީން ކާމިޔާބުކުރީ އދ.ހަންޏާމީދުއާއި ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކެވެ.

މިއީ ޤާނޫނަށް ގެނައި އިސްލާހަށްފަހު ބައި އިލެކްޝަނެއް ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ. ޤާނޫނަށް ގެނައި އައު އިސްލާހުގައިވާގޮތުން މިހާރު ބައި އިލެކްޝަން ބޭއްވޭނީ އަހަރަކު ދެފަހަރުއެވެ.

ކޮމެންޓް
އަހުދުނާމާ
ބިރު ފަހަނައަޅާ ގޮސް ރައްޔިތުން އެމްޑީޕީ ސައިޒުކޮއްފި. އެމްޑީޕީ ފުޑިއްޖެ އަދި ފުދިއްޖެ
09 Feb 2025
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.