މ. ހައުސް ޕްލާޒާގައި މިއަދު ރޯވި އަލިފާން ކޮންޓްރޯލް ކުރުން---ފޮޓޯ: އެމްއެންޑީއެފް
ހަބަރު
09 Feb 2025 | 10:11
ރޯވި އިމާރާތް ތަޅާލަން ސަރުކާރުން ނިންމާފައިވޭ: މިނިސްޓަރ އިހްސާން

މިއަދު ހެނދުނު ރޯވި އިމާރާތް ކަމުގައިވާ މ. ހައުސް ޕްލާޒާ ތަޅާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

"ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މ. ހައުސް ޕްލާޒާ އެއީ ސަރުކާރުން ތަޅާލަން ނިންމާފައިވާ އިމާރާތެއް ކަމަށެވެ. ނަމަވެސް އެތަން ތަޅާލުމަށް ދާނެ ހަރަދު ބޮޑުކަމުން ސަރުކާރަށް އެމަސައްކަތް ކުރަން ދަތިވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް އަމިއްލަ ފަރާތަކާއިއެކު މިކަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. 

"ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އުސޫލުން ޑިމޮލިޝަން އެސިސްޓެންސް ހޯދަމުންދަނީ"

ހޯމް މިނިސްޓަރ ޢަލީ އިޙްސާން

މިިނިިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު މ. ހައުސް ޕްލާޒާއަކީ ޑްރަގް އައްޑާއެއްގެ ގޮތުގައި ބެލެވޭ ތަނެއްގެ ގޮތުގައި ބައެއް އާންމުން ސިފަކުރަމުންދެއެވެ. އެތަނުގައި މީގެ ކުރިންވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު އެތަނަކީ ފަޅު ތަނެއްވެސްމެއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ވަނީ ގޭންގްތަކުން މާލޭގެ ފަޅު އަދި ވީރާނާ ތަންތަނުގެ ތެރޭގައި ޑްރަގް ވިޔަފާރި ފަދަ ކުށްތައް ހިންގަމުންދާކަން ފާހަގަކޮށްފައެވެ. އެ ބިންތަކުގެ ވެރިފަރާތާއި މަޝްވަރާކޮށްގެން އެފަދަ ތަންތަން ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވެއެވެ. 

"އާދެ، މިތަން މިއީ އެގޮތަށް ތަޅާލަން ނިންމާފައިވާ ތަނެއް"

ހޯމް މިނިސްޓަރ ޢަލީ އިޙްސާން

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 07:47 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ. 

ގިނަދުވަސް ތަކެެއްވަންދެން ފަޅުގެއެއްގެ ގޮތުގައި ހުންނަ މި ގޭގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.