އިއްޔެ ކުރިއަށްދިޔަ ބައި އިލެކްޝަނުގެ ތެރެއިން..
ހަބަރު
09 Feb 2025 | 21:53
ބައި އިލެކްޝަނާ ގުޅިގެން މިލަދޫ ފެނަކައިގެ މުއައްޒަފުންތަކެއް ސަސްޕެންޑްކުރިކަމަށް އެމްޑީޕީން ތުހުމަތުކޮށްފި!

އިއްޔެ ނިމިގެންދިޔަ ބައި އިލެކްޝަނުގައި ނ.މިލަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އެމްޑީޕީ ކާމިޔާބުކުރުމާ ގުޅިގެން ފެނަކައިގެ މުއައްޒަފުންތަކެއް ސަސްޕެންޑްކުރިކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

މިކަމާގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ މިލަދޫޣައި ބޭއްވި ބައި އިލެކްޝަނުގައި ޕީއެންސީގެ ކެނޑިޑޭޓްގެ މައްޗަށް އެމްޑީޕީގެ  ކެނޑިޑޭޓް އާމިނަތު އަޡުމާ ކުރިހޯދުމާ ގުޅިގެން އެރަށުގެ ފެނަކަ ކޯޕަރޭޝަން ބްރާންޗުގައި މަސައްކަތްކުރަމުންދާ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާތީވެ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އެމްޑީޕީން ބުނީ ފެނަކައިގެ ބައެއް މުއައްޒަފުންގެ ތަހުގީގެއް ފަށާފައިވާކަމަށް ބުނެ އެ ތަހުގީގުގައި ކަންކަން ބަލަންޖެހޭތީވެ، ބައެއް މުއައްޒަފުން 14 ދުވަހަށް ސަސްޕެންޑްކޮށްފައިވާކަމަށެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެ މުއައްޒަފުން ސަސްޕެންޑްކޮށްފައިވަނީ އެއްވެސް ސަބަބެއް ބަޔާންކުރުމެއްނެތި އެއްވެސް އަސާސްގެ މައްޗަކަށްނޫން ކަމަށެވެ.

ސަރުކާރަށް ތާއީދުނުކުރުމަކީ އެމީހަކު އަދާކުރަމުންދާ ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑް ކުރުމަށް އޮތް ހުއްޖަތެއް ނޫންކަން ފާހަގަކުރަމުން އެމްޑީޕީން ބުނީ އިންތިހާބުތަކުގައި ވާދަކުރުމާ ވޯޓުލުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއްކަމަށެވެ. އެހެންކަމުން އެ ހައްޤުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް އެމީހަކު ނިސްބަތްވާ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ފިނޑިއަމަލެއް ކަމަށެވެ.

އެމްޑީޕީގެ ކެނޑިޑޭޓް އިންތިހާބު ކާމިޔާބުކުރެއްވީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދަނިކޮށް ވަރަށް ތަނަވަސް އަގުލަބިއްޔަތަކުންކަން އެމްޑީޕީން ވަނީ ބުނެފައެވެ. އެޕާޓީން ވަނީ ވަޒީފާގެ ބިރުދަށްކައިގެން އިދިކޮޅު ހިޔާލުތަކުގެ އަޑު ކަނޑުވާލުމަށް ދައުލަތުގެ އިދާރާތަކާއި ސަރުކާތުގެ ކުންފުނިތަކުން ކުތަމުންގެންދަ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.