ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި ލުބޯ... ފޮޓޯ: ވޮއިސް
ހަބަރު
09 Feb 2025 | 23:09
ބާޒާރުގައި ލުނބޯގެ އަގު ބޮޑުވާތީ އެސްޓީއޯއިން ލުނބޯ ޝިޕްމަންޓެއް ގެނެސްފި

ބާޒާރުގައި މިހާރު ލުނބޯގެ އަގު އުފުލެމުންދާތީވެ، ލުނބޯގެ އަގު އަތްފޯރާފަށަށް ގެނައުމުގެ ގޮތުން އެސްޓީއޯއިން ލުނބޯ ޝިޕްމަންޓެއް ގެނެސްފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ، ރޯދަމަހު ރައްޔިތުން އެންމެ އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ދަތިނުވެ ލިބޭނޭމަގު ފަހިކުރުމަށް އެސްޓީއޯއިން ދުރާލާ ތައްޔާރުވެފައިވާކަމަށެވެ. ޝިމާދު ވިދާޅުވީ ބާޒާރުގައި އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ, ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނިޓަރ ކުރަމުންދާކަމަށެވެ. މިގޮތުން ލުނބޯގެ ޝިޕްމަންޓް މިހާރު ލިބިފައިވާކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ.

މީގެ ދުވަސްކޮޅެއްކުރިން މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 25 ރުފިޔާގައި ހުރިނަމަވެސް ނިމިގެންދިޔަ ހަފްތާގައި ލުނބޯ ކިލޯއެއްގެ އަގު ވަނީ 75 ރުފިޔާއަށް ބޮޑުވެފައެވެ. ބައެއް ފިހާރަތަކުން ލުނބޯ ކިލޯއެއް މިހާރު ވިއްކަނީ 85 ރުފިޔާއަށެވެ. އެސްޓީއޯއިން ގެނައި ލުނބޯ ޝިޕްމަންޓް ބާޒާރަށް ނެރެ ވިއްކަން ފެށުމުން ލުނބޯގެ އަގު ތިރިވެގެންދާނޭކަމަށް އެކުންފުނިން ބުނެއެވެ.

މިދިޔަ ރޯދަމަހުވެސް ބާޒާރުގައި ލުނބޯގެ އަގު ބޮޑުވުމުން އެސްޓީއޯއިން ވަނީ، ލުނބޯ ގެނެސް އަގުހެޔޮކޮށް ވިއްކާފައެވެ.

ދިވެހިން އެންމެ އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ އަވަހަށް އަގަށް ބަދަލު އަންނަ ތަކެތީގެ ތެރޭގައި ލުނބޯ ހިމެނެއެވެ. ލުނބޯގެ އަގަށް އެންމެފަހުން ބޮޑު ބަދަލެއް އައިސްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އެފަހަރު ލުނބޯ ކިލޯއެއްގެ އަގު ވަނީ 140 ރުފިޔާއަށް މައްޗަށްގޮސްފައެވެ.

އެސްޓީއޯއިން ވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރުމަށް ނިންމާފައެވެ. އެގޮތުން މިކަމުގައި ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދޭނޭކަމަށް އެސްޓީއޯއިން ބުނެއެވެ. 

ރޯދައަށް އެސްޓީއޯއިން އެތެރެކުރާ ތަކެތީގެ ތެރޭގައި ހިމެނެނީ:

- އަސާސީ ކާބޯތަކެތި:  ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

- ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ

- ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު

- ކެއްކުމަށް ބޭނުންކުރާތަކެތި:  ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ އެސްޓީއޯގެ މައިގަނޑު އެއް މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެވެ. އަދި އެތަކެތި އެކަށީގެންވާ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ލިބޭނެ މަގު ފަހި ކޮށްދިނުމަކީވެސް އެސްޓީއޯގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް