އިންޑިއާގައި ސްޓޭޖް މަތީ ނަށަން އިން އަންހެނަކަށް ހާޓް އެޓޭކެއް ޖެހުނު ވީޑިއޯގެ މަންޒަރެއް--ފޮޓޯ: އެންޑީޓީވީ
ދުނިޔެ
10 Feb 2025 | 11:08
ސްޓޭޖްމަތީގައި ނަށަން ހުރި އަންހެނަކު މަރުވެގެން ވެއްޓޭ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ!

ސްޓޭޖްމަތީގައި ނަށަން ހުރި އަންހެނަކަށް ހާޓް އެޓޭކެއް ޖެހި، މަރުވެގެން ވެއްޓޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އެންޑީޓީވީ އިން ރިޕޯޓްކުރި ގޮތުގައި ހޮނިހިރު ދުވަހު މި ހާދިސާ ހިނގާފައިވަނީ، ކައިވެނި ޕާޓީއެއްގެ ތެރޭގައި ކުރިއަށްދިޔަ އުފާފާޅުކުރުމުގެ ހަރަކާތެއްގެ ތެރެއިންނެވެ. ނަށަން ހުއްޓައި މަރުވެގެން ވެއްޓުނު ކަމަށް ބެލެވޭ އެ މީހަކީ އާއިލާ މީހެއްގެ ކައިވެނި ހަފްލާއެއްގައި ބައިވެރިވާން އިންދޯރުން ވިދިޝާއަށް ދަތުރުކުރި އުމުރުން 23 އަހަރުގެ ޕަރިނިތާ ޖެއިން ކިޔާ މީހެކެވެ.

ޕަރިނިތާ މަރުވެފައިވަނީ 200 މީހުންގެ އޯޑިއެންސެއް ހާޒިރުވެގެން ތިބި ކައިވެނީގެ ރަސްމިއްޔާތެއްގައި ނަށަން ހުއްޓައެވެ. ޕަރިނިތާ ނަށާފައިވަނީ މަޝްހޫރު ހިންދީ ފިލްމު "މޭރޭ ޔާރްކީ ޝާދީ" ފިލްމުގެ  ލަވަ "ޝަރާރާ" އަށެވެ. އެ ލަވަ ފެށިތާ 30 ސިކުންތުގެ ތެރޭގައި ކުއްލިއަކަށް އޭނާ ވެއްޓޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވީ ވީޑިއޯއިން ފެނިގެންދިޔައެވެ.

އޭނާ ސްޓޭޖްމައްޗަށް ވެއްޓުމާއެކު އެތަނުގައި ހާޒިރުވެގެންތިބި  ބައެއް ޑޮކްޓަރުން ވަނީ ޕަރިނިތާއަށް ސީޕީއާރް ދޭން މަސައްކަތްކޮށްފައެވެ. ސީޕީއާރް ދިނުަމަށްފަހުވެސް ޕަރިނިތާއަށް ހޭވެރިކަން ނައުމުން އޭނާ ކައިރި ހޮސްޕިޓަލަކަށް ގެންދިއުމުން ހޮސްޕިޓަލުން ބުނެފައިވަނީ އެތަނަށް ގެނާއިރުވެސް އޭނާ މަރުވެފައިވާކަމަށެވެ.

ޕަރިނީތާގެ މަރާ ގުޅޭގޮތުން ހޮސްޕިޓަލުން ކުރި ޓެސްޓްތަކުގެ ނަތީޖާ ރިޕޯޓްތަކުން ދެއްކިގޮތުގައި އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހުމުގެ ސަބަބުން ކަމަށެވެ. މިކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިތުގެ ބަލިއަކީ ޕަރިނިތާގެ އާއިލާ ތެރޭގައި އޮންނަ ބަލިއެކެވެ.

އެގޮތުން މީގެ ކުރިން ޕަރިނިތާގެ ފިރިހެން ކޮއްކޮއެއްވެސް ވަނީ އުމުރުން 12 އަހަރުގައި ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން މަރުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.