ޕީޓްރަލް ޕާކްގައި ހުންނަ ނިކަގަސް.. ފޮޓޯ: ވޮއިސް
ހަބަރު
20 Feb 2025 | 11:33
ޕީޓްރަލް ސަރަހައްދުގައި ހުރި 35 އަހަރުވީ ނިކަގަސް ކަނޑާލަނީ!

މައްޗަންގޮޅި ޕީޓްރަލް ސަރަހައްދުގައި ހުރި 35 އަހަރުވީ ގަހެއް ކަނޑާލަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ ޕެޓްރޯލް ޕާކުގެ އަރިމަތީގައިއެ ނކަގަސް ހުންނަތާ މިހާރު 35 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ގަސް ކަނޑާލުމަށް ނިންމާފައިވަނީ ނިކަގަހުގެ މޫތަކުގެ ސަބަބުން އެހިސާބުގައި ހުރި އިމާރާތްތަކަށް ގެއްލުންވަމުންދާތީކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެގަސް ކަނޑާލަން ހުއްދަ ދީފަ އެވެ. އެ އިދާރާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރެއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އިސްކަންދަރުމަގާއި ދެވިނަމަގު ގުޅޭ ހިސާބުގައި ގަސް ކެނޑުމާ މެދު އީޕީއޭގެ އިއުތިރާޒެއް ނެތް ކަމަށެވެ.

އީޕީއޭގެ ސިޓީގައި ވަނީ ނިކަގަހުގެ ބައިތައް މާލެ ސިޓީގެ އެހެން ތަންތަނުގައި އިންދުމަށް ލަފާދީފައެވެ. އަދި އެކަން ނުކުރެވޭނަމަ ބަދަލުގައި އިތުރު ދެގަސް އިންދުމަށްވެސް ވަނީ ލަފާދީފައެވެ. އަދި އެ މަރުހަލާގެ ފޮޓޯތަކާއި ވީޑިއޯތައް އީޕީއޭއާ ހިއްސާ ކުރުމަށްވެސް ވަނީ އަންގާފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.