ޤާސިމް އިބްރާޙީމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީފޮތް ނެރެދެއްވަނީ...
ހަބަރު
10 Feb 2025 | 22:46
ޤާސިމް އިބްރާޙީމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ފޮތް ނެރެފި

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި އިޖުތިމާއީ ޙިދުމަތްތެރިޔާ ޤާސިމް އިބްރާޙީމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީފޮތް މިރޭ ނެރެފިއެވެ.

ޤާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މިފޮތް ނެރެދެއްވީ، މިކަމަށްޓަކައި ބޭއްވި ޙާއްސަ ހަފްލާއެއްގައި ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާޙީމެވެ. މި ފޮތުގައި ޤާސިމް އިބްރާހީމްގެ ޙަޔާތުގެ ތަޖުރިބާއާއި ޢިބްރަތްތައް ހިމެނޭއިރު، 800 ސަފްހާގެ މި ފޮތުގައި ޤާސިމްގެ ހަޔާތްޕުޅުގައި ހިނގާދިޔަ ފާހަގަކޮށްލެވޭ މުހިއްމު ވާހަކަތައް ހިމެނެއެވެ.

މި ފޮތުގައި ޤާސިމް އުފަންވުމާއި، ތުއްޕުޅުއިރުގައި މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ދެން ދިރިއުޅުއްވަން ޖެހުނުގޮތާއި މާލެ އައުމަށްފަހު ދިރިއުޅުމުގައި އަމިއްލަފައިމައްޗަށް ތެދުވުމަށް ކުރެއްވި ދަތުރުގައި ކުރިމަތިވެވަޑައިގެންނެވި ތަޖުރިބާތައް ގެނެސްދީފައި ވެއެވެ. މީގެ އިތުރުން މި ފޮތުގައި ޤާސިމް އަމިއްލަ ވިޔަފާރި ފެށުނުގޮތާއި، ވިޔަފާރީގެ ކާމިޔާބީއާއި، މުޖުތަމައުއަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކުގެ އިތުރުން ޤާސިމްގެ ސިޔާސީހަޔާތްޕުޅުގެ ވާހަކަތައްވެސް ވަނީ ގެނެސްދީފައެވެ. މި ފޮތުގެ މުޞައްނިފަކީ ކުޅަދާނަ ލިޔުންތެރިޔާ މުޙައްމަދު ޖަމީލެވެ.

ޤާސިމް ބޮޔޮގްރަފީގެ މުސައްނިފް ޖަމީލް

ބަޔޮގްރަފީއެއް ނެރުމަށް ނިންމި ސަބަބާ ބެހޭގޮތުން މިރޭގެ ހަފްލާގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، އޭނާގެ ހަޔާތުގެ ނާމާ ފޮތެއްގެ ގޮތުގައި ނެރުމަށް ނިންމެވީ, މި ބަޔޮގްރަފީގެ ތެރެއިން އެއްޗެއް ދަސްވެ، ފޮތުން ރަނގަޅު އެއްޗެއް އެނގި އެއްޗެއް ދަސްވެ އެކަމެއް ކުރެވޭނޭމަގު ތަނަވަސްވެގެން ދިއުމަކީ މިކަންކުރުމުގެ މައިގަނޑު މަޤްސަދު ކަމަށެވެ.

ފޮތް ނެރުމުގެ ހަފްލާގައި ޤާސިމް ވާހަކަދައްކަވަނީ


އަޅުގަނޑުގެ ފެށުން އައިގޮތާއި މިހާހިސާބަށް ކުރިއެރުމުގައި ދިމާވި ކަންތައްތަކާއި އެކަންތައްތައް ހައްލުކުރަން މަސައްކަތްކުރެވުނު ގޮތާ އެކަހަލަ ވަރަށްގިނަ ކަންކަމުގެ މައުލޫމާތުތައް މި ފޮތުގައި އެކުލެވިގެންވާނެ. ހަމަ ގައިމުވެސ ްބޭނުންތެރި އެތައް މައުލޫމާތުތަކެއް މި ފޮތުގައި ހުންނާނެ

ޤާސިމް ވިދާޅުވިއެވެ

ބަޔޮގްރަފީގެ އިލެކްޓްރޯނިކް ބުކް އަދި އޯޑިއޯ ބުކް ހިމެނޭ ވެބްސައިޓް އިފްތިތާހުކުރުމުގެ ތެރެއިން..

މިރޭގެ ހަފްލާގައި ޤާސިމްގެ ހަޔާތުގެ ނާމާގެ ފޮތުގެ އިތުރުން ބަޔޮގްރަފީގެ އިލެކްޓްރޯނިކް ބުކް އަދި އޯޑިއޯ ބުކް ހިމެނޭ ވެބްސައިޓް ވަނީ ލޯންޗްކޮށްފައެވެ. މި ހަފްލާގައި ޤާސިމްގެ ހަޔާތްޕުޅުގެ އެކިދުވަސްވަރުގެ ދައްކުވައިދޭ ފޮޓޯ މައުރަޒެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ. 

ގާސިމްގެ ހަޔާތްޕުޅު ކުރު ގޮތަކަށް ދައްކައިދޭ ފޮޓޯ މައުރަޒު، މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 10:30 އާ ހަމައަށް އާއްމުކޮށް ހުޅުވާލެވިފައި ހުންނާނޭކަމަށް ހަފްލާ އިންތިޒާމްކުރި ފަރާތުން ބުނެއެވެ. ފޮޓޯ މައުރަޒަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ބައޯގްރަފީގެ ކޮޕީއެއް ހިލޭ ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ގާސިމް އިބްރާހީމަކީ އެމަނިކުފާނުގެ ޒުވާން އުމުރުން ފެށިގެން، މެދުކެނޑުމެއްނެތި ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، ވިޔަފާރިއަށާއި، އިޤްތިޞާދަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޤާސިމްގެ ދަރުމަވެރި ޚިދުމަތްތަކަކީ، ރާއްޖޭގައި އަމިއްލަ ފަރުދަކު މިހާތަނަށް ފޯރުކޮށްދެމުންދާ އެންމެ ފުޅާ ދާއިރާގެ ދަރުމަވެރި ޚިދުމަތްތަކެވެ.

ވޭތުވެދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އައިސްފައިވާ އަދި އަންނަމުންދާ ތަރައްޤީގައި ޤާސިމްގެ ހިއްސާ ފާހަގަކޮށްލެވޭ މިންވަރަށް ބޮޑެވެ. އެބޭފުޅާ ކުރައްވާފައިވާ ތަޖުރިބާތައް ގިނަގުނައެވެ. ބިނާކުރެއްވި ދިވެހި ތަޢުލީމީ ޖީލު ފުޅާވެގެންވެއެވެ. ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި ގާސިމް އިބްރާހީމް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީވެސް އާރާސްތު މަސައްކަތްޕުޅުތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.