ޤާސިމް އިބްރާޙީމް
ހަބަރު
11 Feb 2025 | 07:33
ރައީސް މައުމޫން ބޭނުންފުޅު ނުވިނަމަ، ރާއްޖެއަށް ޑިމޮކްރަސީ ނުގެނެވުނީސް: ޤާސިމް

ރައީސް މައުމޫން ބޭނުންފުޅު ނުވިނަމަ ރާއްޖެއަށް ޑިމޮކްރަސީ ނުގެނެވުނީސްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމްގެ ބަޔޯގްރަފީ ނެރުމުގެ ހަފްލާގައި, ހަޔާތުގައި ހިނގާދިޔަ މުހިއްމު ކަންކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، ރާއްޖެ މިއަދު މިދެކޭ ޑިމޮކްރަސީގެ ހައްޤުވެރި ފަރާތަކީ ރައީސް މައުމޫނުކަމަށެވެ. ޤާސިމް ވިދާޅުވީ ރާއްޖެއަށް އިސްލާހީ މަސައްކަތްތައް ގެނައުމަށް ކުރި ދަތުރުގައި ރައީސް މައުމޫނުގެ ވެރިކަމުގައި ޖަލުގައި ހައްޔަރުވެ ހުންނަން ޖެހުނުނަމަވެސް އެއީ އަނިޔާއެއްކަމަށް ނުބަލާކަމަށާއި، އެކަން ސިފަކުރަނީ މުސްތަޤްބަލް އުޖާލާކުރުމަށްޓަކައި ލިބުނު ދަރުހެއްގެ ގޮތުގައި ކަމަށެވެ.

ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކީ ނަމަވެސް މައުމޫނަކީ ޑިކްޓޭޓަރު ނުވަތަ ހުދުމުހުތާރު ވެރިއެއްކަމަކަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، ރާއްޖެއަށް ޑިމޮކްރަސީ ލިބުނީ އެމަނިކުފާނު ބޭނުންފުޅުވެގެން ކުރެއްވި މަސައްކަތުންކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ބަޔޮގްރަފީ ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން..

ޤާސިމް ވިދާޅުވީ، މިއަދު މިދެކޭ ޒަމާނީ ޑިމޮކްރަސީ އާއި އަސާސީ ހައްޤުތަކާއި މިނިވަންކަން ލިބުމުގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ސަރުކާރުން އެކަންއޭރު ކޮށްދެއްވަން ނެތްނަމަ ޑިމޮކްރަސީ މިއަދުވެސް ނުލިބުނީސްކަމަށެވެ.

އަޅުގަނޑު މިއީ އެމަސައްކަތުގައި އެންމެ އިސްކޮށް ހުރި މީހާ. ފައިނޭންސް ދާއިރާގައިކަމަށް ވިއަސް، އެމްއެމްއޭގައި ކަމަށްވިއަސް، އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ކަމަށް ވިއަސް. އެހެންވީމަ ވަރަށް ސާބިތުކަމާއެކު މިދަންނަވަނީ މައުމޫނު އެކަންކޮށްދެއްވަން ނެތްނަމަ ދިވެހިރާއްޖެއަކަށް މިއަދު މިދެކޭ ޑިމޮކްރަސީ އަޅުގަނޑުމެންނަކަށް ނުގެނެވޭނެ. އެއީ ލާހިކުކަމެއްނޫން

ޤާސިމް ވިދާޅުވިއެވެ

ޤާސިމް ބަޔޮގްރަފީ ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން..

ޤާސިމް ވިދާޅުވީ ރައީސް މައުމޫން ނެރުއްވި އިސްލާހީ އެޖެންޑާގައި ނެތް ކަމެއް މިއަދަކު ވަކި ކުރެވިފައިނެތް ކަމަށާއި، މިނިވަންކަމާއެކު ބަހުސް ކުރަން ފެށުނީވެސް އޭގެ ދަށުން ކަމަށެވެ.  ޤާސިމް ވިދާޅުވީ މިއަދު މިދެކޭ ޑިމޮކްރަސިއާ އަސާސީ ހައްޤުތަކާއި، މިނިވަންކަން ލިބުމުގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ސަރުކާރު އެކަންކޮށްދެއްވަން ނެތްނަމައީ މިއަދު މަގުމަތީގައި ޖެހުނީ ހަޅޭލަވަން ކަމަށާއި، އިސްލާހީ އެޖެންޑާގެ ދަށުން އެމަނިކުފާނު އެ މަސައްކަތް ފެއްޓެވީ އެހާލަތު ޤައުމަށް ބޭނުންވާކަން ވިސްނި ވަޑައިގަންނަވާތީމަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. 

މިމޭރުމުން ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ރައީސް މައުމޫނަކީ ވަރަށް ވިސްނުންތެރި އިލްމީ ބޭފުޅެއް ކަމަށާއި، ރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ގެންގޮސްދިނުމުގައި އެމަނިކުފާނު ކުރެއްވީ ޝުކުރުވެރިވުން ހައްޤު މަސައްކަތެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.