ދަރިވަރުންތަކެއް ދަސްވެނިވުމުގެ ހަފްލާއެއްގެ ތެރޭގައި---ފޮޓޯ: މިހާރު
ހަބަރު
11 Feb 2025 | 09:43
ހެޔޮ އަގުގައި މެލޭޝިޔާގެ ޔުނިވާސިޓީތަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް، ތަރައްޤީކުރުމާއި ބެހޭ ވުޒާރާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ދަރިވަރުންނަށް ހެޔޮއަގުގައި މެލޭޝިޔާ އިން މަތީ ތަޢުލީމު ހާޞިލުކުރުމުގެ 556 ފުރުޞަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ވަނީ އީއެމްޖީއެސް ޑިސްކައުންޓް ސްކީމްގެ ދަށުން، ދިވެހި ދަރިވަރުންނަށް ތަފާތު އެކި ކޯސްތަކުން %5 އާއި %100ގެ ޑިސްކައުންޓެއް ލިބިގެންދާއިރު، މި ސްކީމްގައި، ފައުންޑޭޝަން ލެވެލް އިން ފެށިގެން ޕީއެޗްޑީއާއި ހަމައަށް މެލޭޝިޔާގެ 14 ޔުނިވާސިޓީއެއްގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ބުނެފައެވެ. 

މި ޑިސްކައުންޓް ސްކީމްގައި ބައިވެރިވުމަށް ބޭނުންވާ "އެންޑޯޒްމަންޓް ލެޓަރ" ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅާނީ މައި-އެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. https://myedu.egov.mv/

އެންޑޯޒްމަންޓް ލެޓަރ ހޯދުމަށް ބޭނުންވާ ލިޔެކިޔުން؛

1. ލިބިފައިވާ އެންމެ މަތި ތަޢުލީމުގެ ކޮޕީ

2. މުއްދަތު ހަމަނުވާ ޕާސްޕޯޓް އަދި ޑޭޓާ ޕޭޖްގެ ކޮޕީ

3. މި ޑިސްކައުންޓް ބޭނުން ކޮއްގެން ކިޔަވަން ވަނުމަށް ޔުނިވާސިޓީ އިން ދޫކޮއްފައިވާ ޕްލޭސްމަންތް ލެޓަރ

4. ޑިސްކައުންޓް ލިބިގެން ކިޔަވާ ޕްރޮގްރާމް ފުރިހަމަކޮށްގެން ލިބޭ ސަނަދު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ވެލިޑޭޓްކުރާނެކަން ދޭހަކުރުމަށް އެ އޮތޯރިޓިން ދޫކުރާ، ރިކޮގްނިޝަން އޮފް އިންޓެންޑެޑް ޕްރޮގްރާމްސް ލެޓަރ.

5. މި މިނިސްޓްރީން ލޯން ދިނުމަށް ހޮވިފައި، ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ދަރިވަރަކު ޑިސްކައުންޓަށް އެދޭ ނަމަ، އެ ދަރިވަރަކަށް މިނިސްޓްރީން ދޫކޮށްފައިވާ ސްޕޮންސަރ ލެޓަރ.

6. މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ދަރިވަރަކު މި ޑިސްކައުންޓަށް އެދި ހުށަހަޅާނަމަ، ކުރިން ނެގި ލޯނުގެ ޑީފޯލްޓެއް ނޯންނާނެކަމާއި، ޑިސްކައުންޓް ލިބިގެން ކިޔަވާ މުއްދަތުގައި ވެސް އެ ލޯނު ދައްކަމުން ގެންދާނެކަން ބަޔާންކޮށް ހުށަހަޅާ ދަރިވަރުގެ ލިޔުމެއް.

ތިރީގައި މިވާ 3 ޙާލަތު ގެތެރެއިން ޙާލަތެއްގައިވާ ފަރާތްތައް ފިޔަވައި އެހެން ކޮންމެ ދިވެއްސަކުވެސް މި ޑިސްކައުންޓަށް އެދުމަށް ޝަރުޠު ހަމަވާނެ ކަމަށް މިނިސްޓްރީ އިން ބުނެފައި ވެއެވެ. 

1- ޑިސްކައުންޓް ލިބިގެން ފުރިހަމަކުރުމަށް އެދޭ ޕްރޮގްރާމާ އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެން މަތީ ފެންވަރެއްގެ ޕްރޮގްރާމެއް، ފުރިހަމަކޮށްފައިވުން ނުވަތަ ފުރިހަމަ ކުރަމުން ދިޔުން؛

2- މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން މަތީ ތައުލީމް ހާސިލްކުރުމަށް މާލީ އެހީ ލިބިފައިވާ ފަރާތެއްނަމަ އަބުރާ ދައްކަން ޖެހިފައިވާ ފައިސާ ޑީފޯލްޓެއްވެފައިވުން.

3- މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލިބެން ހަމަޖެހުނު ލޯނެއްގެ ފައިސާ ލިބެމުން ދިޔުން ނުވަތަ ސޮއިކޮށްފައިވާ ލޯނު އެއްބަސްވުމުގައި ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލްގެ މުއްދަތުގެ ތެރޭގައި ވުން.

މި ސްކީމާއި ގުޅޭ އިތުރު މަޢުލުމާތު ހޯދުމަށް މިނިސްޓްރީގެ ފަރާތުން ޝާއިޢުކޮއްފައިވާ އިޢުލާނު (https://www.gazette.gov.mv/iulaan/315903) މެދުވެރިކޮށް ނުވަތަ [email protected] މެދުވެރިކޮށް ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.