ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ---ފޮޓޯ: މަޖިލީސް
ހަބަރު
11 Feb 2025 | 10:26
މަހުގެ އުފެއްދުންތައް ބާޒާރަށް ނެރެން 8.3 މިލިއަން ޑޮލަރުގެ އެހީ ހަމަޖެހިއްޖެ: ވަޒީރު ޝިޔާމް

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް 8.3 މިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ޝިޔާމް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

މި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމުގައި ހަރަކާތްތެެރިވާ އަމިއްލަ ކުންފުނިތަކުން އައު އުފެއްދުންތައް ނެރުމަށާ އުކާލާ މަހުގެ ބައިތަކުން ފައިދާކުރުވަނިވި ޕްރޮޑަކްޓްތައް ނެރުމަށް ފަންޑެއް ހަމަޖެހިފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ފަންޑު ހަމަޖެހިފައިވަނީ ވޯލްޑް ބޭންކްގެ އެހީތެރިކަމާއިއެކު ކަމަށެވެ. ހަމަޖެހުނު އަަދަދު ދިވެހި ރުފިޔާއިން 128 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް މަހުގެ އުފެއްދުންތައް އުފައްދާ ބާޒާރަށް ނެރުމުގެ ގޮތުން 1.8 މިލިއަން ޑޮލަރު ނުވަތަ 27.7 މިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. 

މި މަޝްރޫއުގެ ދަށުން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ފަންޑިން ހޯދުމަށް ކުރިމަތިލެވޭނެ އުސޫލުތައް ކަނޑައަޅާ މިހާރު އެޕްލިކޭޝަނަށް ހުޅުވާލުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. 

މީގެ އިތުރަށްވެސް މިނިސްޓަރ ވަނީ ފިޝަރީޒް މިނިސްޓްރީގެ ރިވޯލްވިން ފަންޑުން 18 މިލިއަން ރުފިޔާގެ ލޯން، ސީދާ މަސް ކައްކާ ހިއްކާ ފަރާތްތަކަށް ދޫކުރުމަށް އިސްލާމިކް ބޭންކާއިއެކު މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާފައެވެ. 

" އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑު ޔަގީންކޮށްދޭން ބޭނުންވަނީ އަތޮޅުތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކިން ހާއްސަކޮށް މަސްކައްކާ ހިއްކުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތައް އަޅުގަނޑުމެންގެ ސަރުކާރުން ބާކީ ނުކުރާނެކަން"

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.