ބަންގްލަދޭޝް ރައްޔިތުން މުޒާހަރާކުރުމުގައި--ފޮޓޯ: އޭޕީ
ދުނިޔެ
11 Feb 2025 | 10:31
އޮޕަރޭޝަން ޑެވިލް ހަންޓް: ހަސީނާއަށް ތާއީދުކުރާ 1308 މީހުން ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ތާއީދުކުރާ 1308 މީހުން ހައްޔަރުކޮށްފި އެވެ.

ބަންގްލަދޭޝްގެ އިންޓީރިއާ މިނިސްޓަރ ޖަހަންގިރް އާލަމް ޗައުދަރީއާއި ހަވާލާދީ އޭޕީ އިން ރިޕޯޓްކުރި ގޮތުގައި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން މި މީހުން ހައްޔަރުކޮށްފައިވަނީ ހަސީނާ (77އ) ގެ ވެރިކަމުގައި ހަރަކާތްތެރިވަމުންދިޔަ ގޭންގްތަކުގެ މީހުން ހައްޔަރުކުރުމަށް ފަށާފައިވާ އޮޕަރޭޝަން "ޑެވިލް ހަންޓް" ގެ ދަށުންނެވެ. ބަންގްލަދޭޝް އިން މި އޮޕަރޭޝަން ފަށާފައިވަނީ ނިމިދިޔަ ހޮނިހިުރު 

"ހުރިހާ ޝައިތާނުން އުފުރާލެވެންދެން މި އޮޕަރޭޝަން ނުހުއްޓާނެ"

ބަންގްލަދޭޝްގެ އިންޓީރިއާ މިނިސްޓަރ ޖަހަންގިރް އާލަމް ޗައުދަރީ

މި ސަލާމަތީ އޮޕަރޭޝަންތައް ހިންގަނީ މިމަހުގެ ކުރީކޮޅު ފުޅާދާއިރާއެއްގައި ހިނގި ހަމަނުޖެހުމަކަށްފަހުގައެވެ.

ހަސީނާއާ ދެކޮޅު މުޒާހަރާގެ ބައިވެރިންނާއި އެކަމަނާގެ އަވާމީ ލީގު ޕާޓީގެ މެމްބަރުންނާ ދެމެދު ހަމަނުޖެހުންތަކެއް މި މަސްތެރޭގައި ހިނގާފައިވެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ހަމަނުޖެހުން އިތުރުވެފައިވަނީ ދާދި ފަހުން ހަސީނާ ފޭސްބުކް މެދުވެރިކުރައްވައިގެން ދެއްވި ވީޑިއޯ ހިތާބަކަށްފަހުއެވެ. 

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ އެ ހަމަނުޖެހުންތަކުގެ ޒިންމާ، ހަސީނާގެ ބޮލުގައި އަޅުވާފައެވެ.  ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރ މުޙަައްމަދު ޔޫނުސް ހުކުރު ދުވަހު ވަނީ މި ހަމަނުޖެހުންތައް ހުއްޓުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު އެހެން ވިދާޅުވުމުގެ ގަޑިއިރެއްފަހުން ހަސީނާއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ ހަސީނާގެ ވެރިކަން ވައްޓާލުމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވީ ދަރިވަރުންތަކަކަށް ހަމަލާދީފައެވެ. އެ ދަރިވަރުންނަށް ހަމަލާ އަމާޒުކޮށްފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ ގާޒީޕޫރް އަވަށުގައެވެ.

20 އަހަރު ވަންދެން ބަންގްލަދޭޝްގައި ވެރިކަން ކުރެއްވި ހަސީނާގެ ވެރިކަން ނިމިފައިވަނީ ނިމިދިޔަ އަހަރުގެ އޮގަސްޓް މަސް ތެރޭގައި ބަންގްލަދޭޝް ޔުނިވާސިޓީތަކުގެ ދަރިވަރުންތަކެއް ކުރި މުޒާހަރާތަކަކަށްފަހުއެވެ. އެ މުޒާހަރާތަކުގައި ދަރިވަރުންނާއި ދެކޮޅަށް ހަސީނާގެ ސަރުކާރުން ލާއިންސާނީ ޖަރީމާތައް ހިންގުމުގެ ދައުވާ ހަސީނާގެ މައްޗަށް ވަގުތީ ސަރުކާރުން އުފުލާފައި ވެއެވެ. ވެރިކަމުން ފައިބައިވަޑައިގަތުމަށްފަހު ހަސީނާ މިހާރު ދިރިއުޅުއްވަނީ އިންޑިޔާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.