އަހްމަދު މުޖާހިދު---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ހަބަރު
18 Feb 2025 | 11:31
މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމަށް މުޖާހިދު އައްޔަންކޮށްފި

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް އަހުމަދު މުޖާހިދު ހަމަޖައްސައިފި އެވެ.

މުޖާހިދު މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އޭރުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ރިޓަޔާ ކުރުމާއި ގުޅިގެންނެވެ. މަޖީދިއްޔާ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އިއުލާން ކުރީ މިދިޔަ މަހުއެވެ. 

ތައުލީމީ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ ހާސިލް ކުރައްވާފައިވާ މުޖާހިދު މި މަގާމަށް ހޮވިފައި ވަނީ ވަޒީފާއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިންނެވެ. އޭނާ ވަނީ މިއަދުން ފެށިގެން ޑިއުޓީއަށް ރިޕޯޓް ކުރަން ފަށާފައެވެ.

 މުޖާހިދު މީގެ ކުރިން ހުންނެވީ ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް މަގާމުގައިވެސް ކުރު މުައްދަތެއް ހޭދަކުރައްވާފައެވެ. 

މުޖާހިދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ދަރަންދޫ ސްކޫލުގައި ފިޒިކްސް ޓީޗަރެއްގެ ގޮތުގައި، ފަހުން ދައުލަތުގެ މީޑިއާ، ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) ގައި ޕާޓްޓައިމް ޕްރެޒެންޓަރެއްގެ ގޮތުގައި އޭނާ އާންމުންގެ މެދުގައި މަޝްހޫރުކަން ހޯއްދަވާފައި ވެއެވެ. 

އޭނާ ވަނީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.  ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ފަހުން އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ. އަދި ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައިވެސް ކިޔަވައިދެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.