ކަސްޓަމްސް ބިލްޑިންގް
ހަބަރު
11 Feb 2025 | 13:00
ގަވައިދާ ޚިލާފަށް ސިނގިރޭޓު ކޭސްތަކެއް ނެރުނު މައްސަލާގައި 67 މިލިއަން ރުފިޔާ ހޯދަން ކަސްޓަމްސްއިން ކޯޓަށް

ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ޖުމުލަ 955 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއްގައި 67 އަށްވުރެ ގިނަ ރުފިޔާ ހޯދަން ކަސްޓަމްސް އިން ދައުވާ ކޮށްފިއެވެ. 

އެކަމާ ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނީ 'އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސް' ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ތަނުގައި ހުންނަންޖެހޭ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި، އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓާއި، މެންޗެސްޓާ ބްރޭންޑުގެ ރޯޔަލް ރެޑް 300 ކޭސް ސިނގިރޭޓު ގަވައިދާ ޚިލާފަށް އެ ތަނުން ނެރެފައިވާކަން ކަސްޓަމްސްއަށް ފާހަގަކުރެވުނު ކަމަށެވެ.

އޭގެ އިތުރުން 'އެސްޖީއެމް ބޮންޑެޑް ވެއާހައުސް' ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ކޮށްފައިވާ ބޮންޑެޑް ވެއާހައުސް ޗެކްކުރިއިރު، އެތަނުގައި ހުންނަންޖެހޭ އެމެރިކަން ލެޖެންޑް ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި، އަފްޒަލް މޮލަސަސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވައިދާ ޚިލާފަށް ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާކަންވެސް ފާހަގަކުރެވުނު ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ ދެ މައްސަލަ ފުލުހުންނާ ގުޅިގެން މިހާރު ތަހުގީގުކުރަމުންދާ ކަން އެ އިދާރާއިން ފާހަގަކުރިއެވެ.

އަދި އެ ދެ ބޮންޑެޑް ވެއާހައުސްގެ ރަޖިސްޓްރީ ބާތިލުކޮށް، އެ މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 47،183،011.86 ރުފިޔާއާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން ދައްކަންޖެހޭ 20،720،412.54 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ޓަކައި ބަންޑާރަނައިބުގެ އޮފީހަށް ވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެއީ ޖުމުލަ 67.9 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ ބޮންޑެޑް ވެއާހައުސް ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއާހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ އާންމު ގަވައިދަށް މިހާރު އިސްލާހު ވެސް ގެނެސްފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.