އިލްޔާސް އިބްރާހީމް--ފޮޓޯ: ވޮއިސް
ހަބަރު
11 Feb 2025 | 12:58
ޤާސިމް ވިޔަފާރިކުރެއްވީ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ މަޤުސަދުގައި: އިލްޔާސް

ޖުމްހޫރީ ޕާޓީގެ ލިޑަރ ޤާސިމް އިބްރާހީމް ވިޔަފާރިކުރެއްވީ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ގައުމަށް ކުރިއެރުން ހޯދާދިނުމުގެ މަގްސަދުގައި ކަމަށް ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އިލްޔާސް މިފަދައިން ވިދާޅުވީ ރޭ ޤާސިމްގެ އޮޓޯބަޔޮގްރަފީ ނެރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ. 

މި ހަފްލާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ޤާސިމްގެ މަސައްކަތުން ދިވެހިރާއްޖެއަށް ފައިދާހުރި ކަންތައްތަކެއް ލިބެމުންދިޔަ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލިޑަރ ޤާސިމް އިބްރާހީމްގެ އޮޓޯބަޔޮގްރަފީ ނެރުއްވުމުގެ ހަފްލާ--ފޮޓޯ: ވޮއިސް

"އަޅުގަނޑު ދެކޭ ގޮތުގައި އެ ހުރިހާ ކަމެއްވެސް ކުރައްވަނީ ވަރަށް ބޮޑަށް ވިސްނަވައިގެން. ހަމައެކަނި އެމަނިކުފާނުގެ ފައިދާއަކަށް ނޫން"

ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމް

އިލްޔާސް ވިދާޅުވިގޮތުގައި ބައެއް ފަރާތްތަކުން ޤާސިމްގެ މަސައްކަތަކީ އަމިއްލަ ފައިދާއަށް އެކަނި ކުރެއްވި މަސައްކަތެއްގެ ގޮތުގައި ބެލިޔަސް ޤާސިމްގެ މަސައްކަތަކީ އަމިއްލަ ފައިދާއަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ދެކިވަޑައިނުގަންނަވާ ކަމަށެވެ. ޤާސިމް މަސައްކަތްކުރެއްވީ ދިވެހި ގައުމާއި ރައްޔިތުންނަށްޓަކައި ކަމަށް އިލްޔާސް ވިދާޅުވެފައި ވެއެވެ.

ޤާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މިފޮތް ނެރެދެއްވީ، މިކަމަށްޓަކައި ބޭއްވި ޙާއްސަ ހަފްލާއެއްގައި ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާޙީމެވެ. މި ފޮތުގައި ޤާސިމް އިބްރާހީމްގެ ޙަޔާތުގެ ތަޖުރިބާއާއި ޢިބްރަތްތައް ހިމެނޭއިރު، 800 ސަފްހާގެ މި ފޮތުގައި ޤާސިމްގެ ހަޔާތްޕުޅުގައި ހިނގާދިޔަ ފާހަގަކޮށްލެވޭ މުހިއްމު ވާހަކަތައް ހިމެނެއެވެ.

މި ފޮތުގައި ޤާސިމް އުފަންވުމާއި، ތުއްޕުޅުއިރުގައި މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ދެން ދިރިއުޅުއްވަން ޖެހުނުގޮތާއި މާލެ އައުމަށްފަހު ދިރިއުޅުމުގައި އަމިއްލަފައިމައްޗަށް ތެދުވުމަށް ކުރެއްވި ދަތުރުގައި ކުރިމަތިވެވަޑައިގެންނެވި ތަޖުރިބާތައް ގެނެސްދީފައި ވެއެވެ. މީގެ އިތުރުން މި ފޮތުގައި ޤާސިމް އަމިއްލަ ވިޔަފާރި ފެށުނުގޮތާއި، ވިޔަފާރީގެ ކާމިޔާބީއާއި، މުޖުތަމައުއަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކުގެ އިތުރުން ޤާސިމްގެ ސިޔާސީހަޔާތްޕުޅުގެ ވާހަކަތައްވެސް ވަނީ ގެނެސްދީފައެވެ. މި ފޮތުގެ މުޞައްނިފަކީ ކުޅަދާނަ ލިޔުންތެރިޔާ މުޙައްމަދު ޖަމީލެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.