ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވާހަކަދައްކަވަނީ..
ހަބަރު
11 Feb 2025 | 14:43
މާލީހާލަތު ރަނގަޅުކުރާނޭކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއްވެސް މަސައްކަތެއް ކުރާތީއެއް ނުފެނޭ: އަމީރު

ރާއްޖޭގެ މާލީހާލަތު ރަނގަޅުކުރާނޭކަމަށް ސަރުކާރުން ވައުދުވިނަމަވެސް، އަދި މިހާތަނަށް އެފަދަ އެއްވެސް ކަމެއް ކުރާތީ ނުފެންނަކަމަށް އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މާލީ ކަންކަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގެ މާލީ ހާލަތު އަނދަވަޅަކަށް ވެއްޓިފައިވާކަމަށްބުނެ، މާލީ ހާލަތު ރަނގަޅުކުރުމުގެ ވައުދުތަކާ އެކުގައިކަމަށެވެ. މިގޮތުން ރައްޔިތުންނަށް ދެމުންދާ ސަބްސިޓީތައް މުރާޖައާކޮށް ސަބްސިޑީ އޭގެ ހައްޤުވެރިންނަށް ދިނުމާއި، ދައުލަތުގެ ބައިތުލްމާލަށް ނުލިބިވާ ފައިސާ ހޯދުމާއި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަކީ މި ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ވީ ވައުދުތައްކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ  އާސަންދަ އާއި ސަބްސިޑީ މުރާޖައާ ކުރާނޭކަމަށް ބުނިނމަވެސް މިހާރު ސަރުކާރުން ބުނަމުންދަނީ އެއްވެސް ރައްޔިތަކަށްދޭ ސަބްސިޑީ ނުކަނޑާނޭވާހަކަ ކަމަށް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާސީ މަޤާމުތައް މަދުކުރާނޭ ކަމަށް ބުނިނަމަވެސް ސިޔާސީ މަޤާމުތަކަށް މީހުން ނަގާ މިންވަރުވެސް ދަނީ އިތުރުވަމުންކަން އަމީރު ފާހަގަކުރެއްވިއެވެ. 

ދައުލަތަށް ނުލިބިވާ ފައިސާ ހޯދާނޭކަމަށް ބުނިނަމަވެސް ދައުލަތުގެ ޓެކްސް އިދާރާގެ ތަފާސްހިސާބުތަކުން ދައްކަނީ މަހަކަށްވުރެ މަހެއް ލިބެންޖެހޭ ފައިސާގެ އަދަުތައް އިތުރުވަމުންދާތަންކަމަށާއި، ސަރުކާރުގެ އަމަލުތައް ހުރިގޮތަށް ބަލައި މިކަންކަމުން ދޭހަވަނީ މާލީ ހާލަތު ރަނގަޅުކުރުމުގައި ސަރުކާރުގެ ޝައުގުވެރިކަން ނެތްކަންކަމަށް އަމީރު ވިދާޅުވިއެވެ.

ޑަބްލިއުޑީސީ މެމްބަރުންނަށް ރޯދަ އިނާޔަތުގެ ފައިސާ ދޭން ބުނާއިރު އެފައިސާ ބަޖެޓުގައި ޖަހާފައެއްނެތް

އަމީރު ވިދާޅުވިއެވެ

އަމީރު ވިދާޅުވީ ސަރުކާރުން ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޭގޮތަށް ނިންމިއިރު، އެކަމަށްވެސް ބަޖެޓްކޮށްފައި ނުވާކަމަށެވެ. އަދި ސަރުކާރުން ރޯދަމަހު ފެނާއި ކަރަންޓުން ޑިސްކައުންޓް ދޭން ބުނި ނަމަވެސް ބަޖެޓްގައި އެކަމަށްވެސް ފައިސާ ކަނޑައަޅާފައި ނުވާކަަމަށް އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ މާލީ ކަންކަމުގައި ސަރުކާރުން މިހާރު ގެންގުޅެމުންދާ ސިޔާސަތުތަކަށް ބަލާއިރު، މިއަހަރުގެ ފަހުކޮޅު 7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީބަޖެޓެއް ހުށަހަޅަންޖެހޭ ހާލަތަށް ޤައުމުގެ ހާލަތު ދާނޭކަމަށާއި، އެހެން ވެއްޖެނަމަ އެއީ ސަރުކާރުން މިއަހަރު 7 ބިލިއަން ރުފިޔާ ސަލާމަތްކުރުމަށް ވީ ވައުދާ ހިލާފްވުންކަމަށް އަމީރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
އަހުދުނާމާ
ކަލޭމެން 125 ބިލިއަނުން ރާއްޖެ ދަރުވާލިއިރު ވަރައް ބޮޑެތި މަސައްކަތެއްކުރި ތަން ފެނުނު ކޮވިޑްގަ ވައްކަންކޮއް ރިޝްވަތު ބެހުމުގެ އަމަލުތައް
11 Feb 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.