މާލެ ސިޓީ ކައުންސިލުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި---ފޮޓޯ: މާލެ ސިޓީ ކައުންސިލު
ހަބަރު
11 Feb 2025 | 15:17
މާލެ ސިޓީ ކައުންސިލުގެ އައު އިމާރާތުގެ ބިިންގާ އަޅައިިފި

މާލެ ސިޓީ ކައުންސިލުގެ އައު އިމާރާތުގެ ބިިންގާ އަޅައިިފިއެވެ.

އައު އިމާރާތުގެ ބިިންގާ އެޅުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރ ޢާޒިމް ވަދާޅުވީ، މާލެ ސިޓީ ކައުންސިލްގެ އެކި މުވައްޒަފުން އެކިތަންތަނުގައި ތިބެގެން މަސައްކަތް ކުރަން ޖެހުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތި އުދަނގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލް ނޫނީ އޮފީހެއް ނެތް ކައުންސިލެއް ރާއްޖޭގައި ނެތްކަމަށް ވިދާޅުވިއެވެ.

ހަމައެކަނި އަމިއްލަ އޮފީހެއް ނެތް ކައުންސިލަކީ މާލެ ސިޓީ ކައުންސިލްކަން ފާހަގަ ކުރައްވައި މޭޔަރ ޢާޒިމް ވިދާޅުވީ، ދަތި އުދަނގޫ މަރުހަލާއެއްގައި މަސައްކަތް ކުރަމުންދާއިރު ކައުންސިލްގެ ހުރިހާ މެންބަރުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ. 

މޭޔަރ ވިދާޅުވީ ޚިދުމަތުގެ ރޮނގުން މާލެ ސިޓީ ކައުންސިލަށް ވުރެ ރަނގަޅަށް ޚިދުމަތްދޭ އޮގަނައިޒޭޝަނަށް ނެތް މިންވަރަށް އެ ކައުންސިލްގެ ހުރިހާ މެންބަރުންނާއި މުވައްޒަފުން ގުޅިގެން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ވޭތުވެދިޔަ 15 އަހަރު އުފުލި ބުރައާއި ތަކުލީފު ނިމުމަކަށް ގެނެވި ކުރިއަށް އޮތް 8 ނުވަތަ 10 މަސް ދުވަހުގެ ތެރޭ މި އޮފީހަށް ވަދެވޭ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މޭޔަރ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތައިސޭ ކޮށީގައެވެ. 20 ހާސް އަކަފޫޓުގެ ބިއްމެއްގައި ޢިމާރާތް ކުރާ މި އައު އޮފީސް ޢިމާރާތުގައި ހުންނާނީ ދެ ފަންގިފިލާއެވެ. މި ވަގުތު މާލެ ސިޓީ ކައުންސިލުން ޚިދުމަތް ދެމުން އަންނަނީ އެކި ސަރަހައްދު ތަކުގައި ހުރި 9 އިމާރާތެއްގައެވެ. މާލެސިޓީ ކައުންސިލް އޮފީސް އިމާރާތަކީ 4.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުންދާ އިމާރާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.