ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އާއި ނައިބު ރައީސް ބައްދަލުކުރައްވައިފި

25 Apr 2019 | 14:54

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިހާރު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އަދި އެޤައުމުގެ ޕްރިޒަން ސަރވިސްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ..

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ބައްދަލުވުމުގައި ސިންގަޕޫރުގެ އޮފިޝަލުން ވަނީ ސިންގަޕޫރުގެ ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން މި ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެނީ ޤައިދީން މިނިވަންވުމަށްފަހު އެމީހުން މުޖުތަމަޢުގެ ތެރެއަށް ނުކުންނައިރު އެމީހުންނަކީ ޒިންމާދާރު ބަޔަކަށްވެ، ވާޒީފާ ލިބުމަށް މަގުފަހިވެ، އާމްދަނީ ލިބޭނެ ފަދަ ހުނަރުތަކެއް ދަސްކޮށްދިނުމަށްކަން ސިންގަޕޫރުގެ އޮފިޝަލުން ފާހަގަކުރައްވާފައިވެއެވެ.

މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނައިބު ރައީސް ވަނީ ސިންގަޕޫރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވާފައެވެ.

Advertisement

ކޮމެންޓް