ދައުލަތުގެ ޓެކްސް އިދާރާ
ހަބަރު
11 Feb 2025 | 19:08
ޖެނުއަރީމަހު ދައުލަތުގެ ޓެކްސް އިދާރާއަށް 3.34 ބިލިއަން ރުފިޔާ ބަލައިގަނެފި

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ހުސްވި ޖެނުއަރީމަހު ޓެކްސްގެ ގޮތުގައި 3.34 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރައިން ބުނެފިއެވެ.

މީރާއިން ނެރެ އާއްމުކޮށްފައިވާ ޖެނުއަރީމަހު އެއިދާރާއަށް ބަލައިގަތް ޓެކްސް އާމްދަނީއަށް ބަލާއިރު، އެމަހުގެ ތެރޭގައި 3.34 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، އެއީ އެމަހުގެ ތެރޭގައި ލިބޭނޭކަމަށް އަންދާޒާކުރި އަދަދަށްވުރެ 5 އިންސައްތަ އިތުރުވުމެކެވެ.

މީރާއިން ބުނީ ޖެނުއަރީމަހު ބަލައިގަން ފައިސާގެ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، އާއްމު ޖީއެސްޓީއާއި ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމުންނެވެ. އަދި އެއާޕޯޓް ޓެކްސް އިން ނަގާ ރޭޓް އިތުރުވުމަކީވެސް ޖެނުއަރީމަހު ޓެކްސްގެ ގޮތުގައި އާމްދަނީ ލިބުނު އަދަދު އިތުރުވުން ހިމެނެެވެ. މީގެ އިތުރުން އިންކަމްޓެކްސް ދެއްކުމުގެ ސުންގަޑި ފެބުރުއަރީމަހުގެ ދެވަނަ ދުވަހަށް އިތުރުކުރުމަކީވެސް ޖެނުއަރީމަހު މީރާއަށް ބަލައިގަތް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެކެވެ.

ޖެނުއަރީމަހު އެންމެ ގިނައިން ޓެކްސް ލިބުނު ދާއިރާތައް:

- ޖީއެސްޓީން: 530.3 މިލިއަން ރުފިޔާ

- ޓޫރިޒަމް ޖީއެސްޓީން: 1.06 ބިލިއަން ރުފިޔާ

- އިންކަމްޓެކްސް: 1.2 ބިލިއަން ރުފިޔާ

- އެއާޕޯޓް ޑިވެލޮޕްމަންޓްފީ: 115 މިލިއަން ރުފިޔާ

- ޑިޕާޗާޓެކްސް: 113 މިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާއަށް މިދިޔަމަހު ޑޮލަރުން ބަލައިގަތް އާމްދަނީ އުޅެނީ 125.5 މިލިއަން ޑޮލަރުގައެވެ. މީރާއަށް އެންމެގިނައިން ޑޮލަރުން އާމްދަނީ ބަލައިގަނެފައިވަނީ، ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ލުބުނު 69.1 މިލިއަން ޑޮލަރާއި، ކުންފުނިތަކުން އިންކަމް ޓެކްސްގެ ގޮތުގައި ދެއްކި 21.3 މިލިއަން ޑޮލަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.