Advertisement

ޑރ. ޝަމީމްގެ ”ފުރުސަތު“ ދަރުސް ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި

ޑރ. އާދަމް ޝަމީމް

އަލް-އަސްރުން އިންތިޒާމް ކޮށްގެން ބާއްވާ، ޑރ. އާދަމް ޝަމީމްގެ ޚާއްސަ ދަރުހެއް ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. 

”ފުރުސަތު“ ނަމުގައި ބާއްވާ މި ދަރުސް އޮންނާނީ، ހުކުރު ދުވަހުގެ ރޭ 20:30 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީ ރުއްގަނޑު 3 ސަރަހައްދުގައެވެ.

މިއީ އަލް -އަސްރުން، އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ބާއްވާ ދަރުހެކެވެ. 

Advertisement

މި ދަރުސް އަލްޢަޞްރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ދާދިފަހުންވެސް ޑރ ޝަމީމްގެ ޚާއްސަ ދަރުހެއް ހުޅުމާލޭގައި ވަނީ ބާއްވާފައެވެ. ގިނަ ބަޔަކު ހާޒިރުވި އެ ދަރުހުގައި އަލި އަޅުވާލާފައިވަނީ ”ކަލަކުވޭ ބިރުވެތިވޭ“ މައުޟޫއަށެވެ.

ޑރ. ޝަމީމަކީ އިލްމީގޮތުން ފުންނާބު އުސް އަދި ވަރަށް ގިނަބަޔެއްގެ މަޤްބޫލުކަން ހޯދާފައިވާ އިލްމުވެރިއެކެވެ. އަދި ޝެއިޚް އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ދަރުސް ތަކާއި ވޯކްޝޮޕްތައް ނަންނަގަވައިދެއްވަމުންނެވެ.

Advertisement

ކޮމެންޓް
ޅައްލަ
ޥ ރަގަޅު Gina ginain ދަރުސް ދޭންވީ
12 Feb 2025