މެޒޯ މުހައްމަދު
ހަބަރު
12 Feb 2025 | 17:11
މެޒޯ މުހައްމަދު ނިޔާވެއްޖެ

މަަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) މުހައްމަދު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

މެޒޯ ނިޔާވީ މީގެ ކުޑައިރުކޮޅެއްގެ ކުރީން އައިޖީއެމްއެޗް ހޮސްޕިޓަލްގަ އެވެ. ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ވޮއިސްއަށް އެނގިފައިވެ އެވެ.

އުމުރުން 60 އަހަރުގެ މެޒޯ އަކީ ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް މިއުޒިޝަނެވެ. މެޒޯގެ މިިއުޒިކީ އުފެއްދުންތަކާއި އޭނާގެ ލަވަތަކަށް އާންމުންގެ ވަރަަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އަދި އޭނާ އަކީ މިއުޒިކުގެ ވަރަށް ގިނަ އިންސްޓްރޫމަންޓްތައް މޮޅަށް ކުޅުނު ފަންނާނެކެވެ. ޑްރަމް އަދި ގިޓާ ކުޅުމުގައި ވަރަށް ބޮޑަށް ފާހަގަ ކޮށްލެވުނެވެ.

މެޒޯގެ އެންމެ މަޝްހޫރުވި އެއް ލަވަ އަކީ “އުނޑުން ތަރިތައް” މި ލަވަ އެވެ. މިއީ މަޝްހޫރު އެމްޓީވީން ދެއްކި ފުރަތަމަ ދިވެހި ލަވަ އެވެ.

އެ ލަވާގައި މެޒޯ ވެސް ފެނިގެން ދެ އެވެ. މެޒޯ ކުއްލި ގޮތަކަށް ނިޔާވިއިިރު މިދިޔަ އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ޓީވީން ދެއްކި ހާއްސަ ޝޯއެއްގައި ވެސް މުހައްމަދު ބައިވެރިވެފައިވެ އެވެ. މެޒޯގެ އަންހެން ދަރިފުޅު މީރާ މުހައްމަދު މާޖިދަކީ ވެސް މޮޅު ލަވަކިޔުންތެރި އެކެވެ.

ވަރަށް ގިނަ އަމިއްލަ ރާގުތައް ވެސް އުފެއްދި މެޒޯ މޯޑަށް ދައުލަތުން ވަނީ ގައުމީ އިނާމު ވެސް ދީފަ އެވެ. 

ވަރަށް ގިނަ އަމިއްލަ ރާގުތައް ވެސް އުފެއްދި މެޒޯ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ޓާޓާގެ ޑޭޓާ ލީކުން އައިފޯން 18 ޕްރޯގެ ސިއްރު ކޮމްޕޯނެންޓް ލިސްޓު ހާމަވެއްޖެ
ލީކުވި ފައިލްތަކުގެ ތެރޭގައި އެޕަލްގެ "ކޮންފިޑެންޝަލް" ވޯޓާމާކް ޖެހި ފައިލްތައް ހިމެނޭ ކަމަށާއި އައިފޯން 18 ޕްރޯ ޖީލާ ދިމާވާ އެޕަލްގެ އިންޓާނަލް ކޯޑް ނަންތައް ވެސް ހުރި ކަމަށް މި ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތުން ބުނެފައިވެއެވެ. އައިފޯން 18 ޕްރޯ ފައިލްތަކުގެ ފޯލްޑަރުގައި 2026 ގެ ކުރީކޮޅުގެ ތާރީޚު ޖެހި ޓާޓާގެ ޕްލާންޓެއްގައި ޑްރޮޕް ޓެސްޓް ހަދަމުންދާ އައިފޯންތަކުގެ ފޮޓޯ ވެސް ހިމެނެއެވެ. އެ ފޮޓޯތަކުން ފެންނަނީ ތިން ފަހަތު ކެމެރާ ސެޓަޕެއް ހިމެނޭ އެޕަލް ލޯގޯ ޖެހި އާދައިގެ ސްލެބް ބައްޓަމެއްގެ ގްރޭ ކުލައިގެ ހެންޑްސެޓެއް ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.
30 Jun 2026
ވަޓްސްއެޕްގައި ޔޫޒާނޭމް ފީޗާ ތަޢާރަފު ކުރަނީ
ވަޓްސްއެޕުން ފޯނު ނަންބަރު ހިއްސާ ނުކޮށް ޔޫޒާނޭމް މެދުވެރިކޮށް ޗެޓް ކުރެވޭ ފީޗާއެއް ތަޢާރަފު ކުރަމުން އަންނައިރު، މި ފީޗާ މަދު މަސްތަކެއްގެ ތެރޭގައި ތިން ބިލިއަން ޔޫޒަރުންނަށް ލިބޭނެއެވެ.
30 Jun 2026
ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް ޕަރަގުއޭ އަނެއްބުރަށް
މިއީ ވޯރލްޑް ކަޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޕެނަލްޓީ ޖަހައިގެން ޖަރުމަން ބަލި ފުރަތަމަ ފަހަރެވެ
30 Jun 2026
ފަހަތުން އަރައި ޖަޕާނު ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
މެޗުން ބްރެޒިލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މާޓިނެލީއެވެ. މި މުބާރާތުގައި ދެން ބްރެޒިލް ނިކުންނާނީ، އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ދެ އަހަރާ ބައިގެ ތެރޭގައި ކަސްޓަމުން ވަނީ 324 ކިލޯގެ ޑްރަގް އަތުލައިގެންފައި
އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދު ކުރީ ދައުރުގެ ދެ އަހަރާއި ބަޔަށް ވުރެ 31 އިންސައްތަ އިތުރެވެ.
29 Jun 2026
ކަޓަރަކުން މީހެއްގެ ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލަ: ތިން މީހަކު ދިގު މުއްދަތަށް ޖަލަށް
މި މީހުންގެ ތެރެއިން ސާއިފް ވަހީދު 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ނައުޝާދު އާއި އަލީ ސާމީ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
29 Jun 2026
ޖަނަވަރީގެ ކުރީން މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި
ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވައިފަ އެވެ.
29 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްބޭނި ލަންކާގެ މަސްބޯޓް ދައުލަތަށް ނަގައި ބޮޑު ޖޫރިމަނާއެއް
މި ހުކުމްގައި ވަނީ ލަންކާގެ އެ މަސްބޯޓު ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީވެ، ބޯޓުގެ ވެރިފަރާތް އޭޖޭވީޑީ ސިލްވާ 600،000 ރުފިޔާއިން ޖޫރިމަނާކޮށް މިއަދުގެ ދޭއް ޖެހުމުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާއަށް އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ