ކުރީގެ ކާށިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ޖާބިރު
ހަބަރު
13 Feb 2025 | 11:44
ޖާބިރުގެ ޔޮޓް ޓްއާޒުގެ އެކައުންޓް ފްރީޒުކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް ކުންފުނީގެ އެކައުންޓް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގާނޫނާ ހިލާފަށް ފްރީޒްކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓާއި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށް، މީރާއިން އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ބުނެފަ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު އިބްރާހިމް އާއި އަޒްމިރަލްދާ ޒާހިރު އަދި އައިޝަތު ޝުޖޫން މުހައްމަދުއާ އެކު ތިން މެންބަރުންގެ ބެންޗަކުންނެވެ. މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މި ހުކުމް ކުރެއްވިއެވެ.

ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައިވާ ގޮތުން ރިސޯޓް ކުލި ދެއްކުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ޔޮޓް ޓުއާސްއާ ދެމެދު އެއްބަސްވުމެއް އޮތް ނަމަވެސް ޓެކްސް އެޑްމިނިސްޓްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު މީރާއަށް ލިބިގެންވާ ކަމަށް ނިންމުމަކީ ގޯހެކެވެ.

އެއްބަސްވުމުގައި ބުނެފައި ވަނީ ކުލި ނުދައްކާ ހާލަތެއްގައި ޔޮޓް ޓުއާސް އިން ދުވާލަކު ދައްކަން ޖެހޭނީ ނުދައްކާ އަދަދުގެ 0.5 އިންސައްތައިގެ ރޭޓުން ކަމަށެވެ. އަދި ކުއްޔާއި ޖޫރިމަނާ ގަވާއިދުން ނުދައްކައިފިނަމަ އެއްބަސްވުން ބާތިލުކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާކަން ވެސް އެ ރައުޔުގައި ފާހަގަކޮށްފައިވެ އެވެ. ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު ގަވާއިދަކުން ތައާރަފްކުރާ އެހެން ހައްލެއް އެއްބަސްވުންތަކުގެ މައްޗަށް ހިނގަންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށްވެސް އަޒްމިރަލްދާގެ ރައުޔުގައި ވެއެވެ. 

ޔޮޓް ޓުއާސްއާއި ޓޫރިޒަމް މިނިސްޓްރީގެ ދެމެދުވާ އެއްބަސްވުމުގެ ދަށުން ކުލި ދައްކަންޖެހޭ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކުއްޔާއި އުވާލާފައިވާ ގެއްލުމުގެ ބަދަލު ނުދައްކައިފިނަމަ އެއްބަސްވުން ބާތިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވެއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ޔޮޓް ޓުއާސްއަށް ހއ. އަލިދޫ  ލީޒްކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ. އަދި ހއ. ބީނާފުށި އަދި ކަނާލިފިނޮޅު ލީޒްކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ. ހއ. އަލިދޫ، ހއ. ބީނާފުށި އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދެއްކުމުން މީރާއިން 2017 ވަނަ އަހަރު ވަނީ ޖާބިރުގެ އެކައުންޓްތައް ފްރީޒްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ