މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ހައްޔަރު ކުރި މީހާ.---ފޮޓޯ: ޕޮލިސް
ހަބަރު
13 Feb 2025 | 11:30
މާލޭގައި ހިނގަމުންދާ މާރާމާރީތަކާ ގުޅުންހުރި މީހަކު މެލޭޝިޔާއިން ރާއްޖެ ގެނެސް ހައްޔަރު ކޮށްފި

މާލޭގައި މިފަހުން ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅުންހުރި މީހަކު ފިލައިގެން މެލޭޝިޔާއަށް ދިޔުމުން، ރާއްޖެ ގެނެސް ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ، މީހެއް ގައިގައި މަރުތޭލަކުން ޖެހި މައްސަލާގައި ތުހުމަތު ކުރެވޭ، ޏ. ފުވައްމުލަކު، ދިގުވާޑު، ބަނަފްސާގެ، ހުސައިން ޢަރީޝް (31އ) އެވެ. އޭނާ އަކީ، މަސްތުވާތަކެއްޗާއި، ތޫނު ހަތިޔާރު ބޭނުން ކުރުމާއި މާރާމާރީ ހިންގުމުގެ ރިކޯޑް އޮންނަ މީހެކެވެ.

ފުލުހުން ބުނީ، މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކުގެ ތުހުމަތު ކުރެވޭ އަދި ނުކުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ 31 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

ފުލުހުން ބުނި ގޮތުގައި، މި ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް، މެލޭޝިޔާއަށް ފުރައިގެން ދިއުމުންނެވެ. އެގޮތުން، މެލޭޝިޔާއަށް އޭނާ ވަނުން ހުއްޓުވައި، އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް ބުންޏެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް އަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާ އެވެ.

އެ ވަގުތު އައިޖީއެމްއެޗު ކައިރީގައި ހުރި ފުލުހަކު އެ ތަނަށް ދިޔަ ނަމަވެސް، ހަމަލާދިން މީހުން ވަނީ ފިލައިފަ އެވެ. އެ މީހުން ސައިކަލްގައި ފިލައިގެން ދާން އުޅެނިކޮށް ސައިކަލް ސްޓާޓް ނުވުމުން ފިލައިގެން ދިޔައީ ދުވެފައެވެ. 

ކޮމެންޓް
މަޖީދު
ހައްޔަރު ކުރީމަ ކީއްވަނީ ހެހެ
13 Feb 2025
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.