ދަނގެތީ ބޭއްވި އިސްރަށްވެހިންގެ ހަވީރެއްގެ ތެރެއިން.. ފޮޓޯ/ ހުޝާން
ހަބަރު
16 Feb 2025 | 09:38
އިސްރަށްވެހިންނަށް ހާއްސަ މާހައުލެއް ރަށްރަށުގައި ސަރުކާރުން ގާއިމްކުރަނީ

އިސްރަށްވެހިންނަށް ހާއްސަ މާހައުލެއް ރަށްރަށުގައި ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ސޯޝަލް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ޕީއެސްއެމްއާއި ރައީސް އޮފީހުން ގުޅިގެން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަތޮޅު ކައުންސިލުތަކާއި މަޝްވަރާކޮށްގެން އެ އަތޮޅުތަކުގައި އިސްރަށްވެހިން އެއްވެ އުޅެވޭނެ ތަންތަން މިނިސްޓްރީއިން ފާހަގަކުރާނެ ކަމަށެވެ. އިސްރައްވެހިން އެކުގައި އުޅެވޭނެ މާހައުލެއް ޤާއިމްކުރުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ މިކަމުގެ މަޝްވަރާ ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. އެގޮތުން ފަސްދޮޅަހަކަށް ކައުންސިލަކުން މިހާތަނަށް މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. 

މިނިސްޓަރ ވިދާޅުވީ ހެލްތް މިިނިސްޓްރީގެ އިސްނެގުމުގެ ތެރެއިން އިސްރަށްވެހިންނަށް ހާއްސަ ކްލިނިކްތައްވެސް އަތޮޅުތެރޭގައި ހިންގަމުންދާ ކަމަށެވެ. އަދި ސްޕޯޓްސް މިނިސްޓްރީ އިން އަތޮޅުތަކުގައި އިސްރަށްވެހިންނަށް ބޭނުންވާ ކަސްރަތު ކަހަލަ ބައިތައް ކުރިއަށްގެންދާ ކަމަށް މިިނިސްޓަރ މައުލޫމާތު ދެއްވިއެވެ. އިސްރަށްވެހިންނާ ގުޅޭ ޚާއްޞަ ޕޮލިސީއަކާއި އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ޝިހާމް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ތިން ސަރަހައްދެއްގައި އިސްރަށްވެހިންގެ ނާދީ ގާއިމުކުރުމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން، މާލޭގައި ގާއިމުކުރި އިސްރަށްވެހިންގެ ނާދީގެ މަސައްކަތް ކާމިޔާބުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ އިސްރަށްވެހިންގެ ދުޅަހެޔޮ ސިއްހަތަށް ރަނގަޅު މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ ކުރިންވެސް މިނިސްޓަރ ވަނީ އައްޑޫ ސިޓީ ފޭދޫގައި އިސްރަށްވެހިން ބަހައްޓާނެ ތަނެއް މިހާރު ހެދުމަށްޓަކައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއްގެ ތެރެއިން އިއުލާންކުރެވި ހޮވޭ ފަރާތަކާއި އެމަސައްކަތް ހަވާލުކުރާނެ ކަމަށެވެ. އެތަނުގައި ނަރުހުންގެ ހިދުމަތް ލިބޭނެ ގޮތް ފަހިކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.