ޗައިނާގެ މިލިޓަރީ ޖެޓެއް.. ފޮޓޯ: ސީބީއެސް
ހަބަރު
14 Feb 2025 | 08:55
ޗައިނާއިން އޮސްޓްރޭލިއާގެ ވައިގެ އުޅަނދަކަށް ހުރަސް އެޅި މައްސަލައެއް!

ޗައިނާގެ ވައިގެ ސިފައިންގެ ޖޭ-16 ހަނގުރާމަމަތީ ޖެޓަކުން، ބައިނަލްއަގްވާމީ ވައިގެ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ އޮސްޓްރޭލިއާ އަސްކަރިއްޔާގެ ޕީ-8 ޕޮސައިޑަން މަތިންދާބޯތަކަށް ހުރަސްއަޅައިފިކަމަށް އޮސްޓްރޭލިއާއިން ތުހުމަތުކޮށްފިއެވެ.

އޮސްޓްރޭލިއާއިން ބުނީ އޮސްޓްރޭލިއާގެ މަތިންދާބޯޓަށް ހުރަސް އެޅުމުގެ ގޮތުން ޗައިނާގެ ޖެޓް، އޮސްޓްރޭލިއާގެ މަތިންދާބޯޓާއި ވަރަށް ކައިރިކުރި ކަމަށާއި، އަދި ޖެޓުން ދޫކޮށްލި ފްލެއަރ ތަކުގެ ސަބަބުން އޮސްޓްރޭލިއާގެ މަތިންދާބޯޓަށް ގެއްލުން ނުވީ ކިރިޔާކަމަށެވެ. އަދި ފްލެއަރގެ އައިސް އޮސްޓްރޭލިއާގެ އަސްކަރީ މަތިންދާބޯޓުގައި ޖެހުނުނަމަ، އޭގައި ތިބި ފަޅުވެރިންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށް އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރު އަދި ބޮޑުވަޒީގެ ނައިބު، ރިޗަރޑް މާރލްސް ވިދާޅުވިއެވެ. ޗައިނާގެ ޖެޓް، އޮސްޓްރޭލިއާގެ ވައިގެ އުޅަނދާއި 100 ފޫޓަށް ކައިރިކުރި ކަމަށްވެއެވެ.

ޗައިނާގެ ޚާރިޖިއްޔާއިން ރައްދުގައި ބުނީ އެ އުޅަނދު، މިލްކުވެރިކަމާމެދު ޗައިނާއިން ދައުވާކުރާ ދެކުނު ޗައިނާ ކަނޑުގެ ޕެރަސެލް ޖަޒީރާތަކުގެ މައްޗަށް އެރީ ގާނޫނާއި ޚިލާފަށްކަމަށާއި، ޗައިނާގެ އަސްކަރީ ޖެޓުގެ އަމަލުތަކަކީ "ހުއްދަ، ޤާނޫނީ، ޒިންމާދާރު އަދި ހިފެހެއްޓުންތެރި" އަމަލުތަކެއް ކަމަށެވެ.

ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާއިން ކުރާ ދައުވާއަކީ ބުރަދަނެއް ހުރި ކަމެއް ނޫންކަމަށް ބައިނަލްއަޤްވާމީ އާބިޓްރޭޝަނުން ނިންމާފައިވާއިރު، އެސަރަހައްދަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އަސްކަރީ މަތިންދާބޯޓުތައް ފޮނުވުމަކީ އާއްމު ކަމެކެވެ. އަދި އެގޮތަށް އެސަރަހައްދަށް ވަންނަ އުޅަނދުތަކުން އެއީ ބައިނަލްއަޤްވާމީ ވައިގެ ސަރަހައްދެއްކަމަށް ބުނިނަމަވެސް، ޗައިނާގެ ޖެޓްތަކުން އެފަދަ އުޅަނދުތަކަށް ހުރަސް އެޅުމަށް މަސައްކަތްކޮށްފައި އެބަހުއްޓެވެ.

އޮސްޓްރޭލިއާގެ ޖެޓްތަކަށްވެސް މިފަދައިން ޗައިނާގެ ޖެޓްތަކުން ހުރަސް އެޅުމުގެ މާޒީއެއް އޮތްނަމަވެސް، މިއީ ފާއުތިވި 9 މަސް ދުވަހުގެ ތެރޭގައި މިފަދަ ހާދިސާއެއް ހިނގިކަމަށް އޮސްޓްރޭލިއާއިން ބުނި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.