ރައީސް މުއިއްޒުގެ ދެކަނބަލުން ހަނގު ދަރިކަލުންނާއެކު ރަސްފަންނަށް ޒިޔާރާތްކުރައްވަނީ-- ފޮޓޯ/ އެކްސް
ހަބަރު
14 Feb 2025 | 12:34
ރަސްފަންނާއި ސަލްޓަންޕާކު ކުރިއަށްވުރެވެސް ފުރިހަމަކޮށްދޭނަން: ރައީސް މުޢިއްޒު

ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި، އެ ދެ ކުރިއަށް ވުރެ ވެސް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އެންމެ ހަގު ދަރިކަލުން ވަނީ ރަސްފަންނަށް ޒިޔާރާތްކުރައްވައި، އެ ސަރަހައްދުގައި އުޅުނު އާންމުންގެ މީހުންނާ ބައްދަލުކުރައްވައި ވާހަކަދައްވައިފައެވެ.

އެފަހުން، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށެވެ. އަދި މިހާރު ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށާ އެ ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށެވެ. 

މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން.

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރަސްފަންނާއި ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރައީސް މުޢިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ތަރައްގޯ ކުރެވުނު ދެ ތަނެވެ.

އެ ދެތަނަކީ، މާލޭގެ ކުދި ބޮޑު އެންމެންހެން ހިތްހަމަ ޖައްސައި އުފާކޮށްލުމަށް ގޮސް އުޅުނު ތަންތަނަށް ވާއިރު، ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން މިހާރު އެ ތަންތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.