ޝެއިހް އާދަމް ޝަމީމް ދަރުސް ދެއްވުމުގައި---ފޮޓޯ: ވޮއިސް
ދީން
15 Feb 2025 | 09:49
މަރުވާމީހާގެ މަރާމެދު ކަންބޮޑުވެ ވިސްނާގޮތަށް، އަމިއްލަ މީހާގެ މަރާމެދުވެސް އެބީދައިން ވިސްނަންޖެހޭ: ޑރ.ޝަމީމް


މަރުވާމީހާގެ މަރާމެދު ކަންބޮޑުވެ ވިސްނާގޮތަށް، އަމިއްލަ މީހާގެ މަރާމެދުވެސް އެބީދައިން ވިސްނަންޖެހޭކަމަށް ދީނީ އިލްމުވެރިޔާ ޑރ.އާދަމް ޝަމީމް ވިދާޅުވެއްޖެެވެ.

އަލް-އަސްރުން އިންތިޒާމް ކޮށްގެން ހުޅުމާލެ ފޭސް ދޭއްގެ ރުށްގަނޑު ސަރަހައްދުގައި "ފުރުސަތު" މި މައުލޫގެ ދަށުން ބޭއްވި ދަރުހުގައި ވާހަކަދައްކަވަމުން ޑރ.ޝަމީމް ވަނީ، ދުނިޔޭގައި އުޅުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމާބެހޭގޮތުން ދީނީގޮތުން އެކަންކަން އޮންނަގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ.

މަރުވާ މަރުވެދާ މީހާގެ ކަންކަމާމެދު އަޅުގަނޑުމެން އެންމެންވެސް ވަރަށް ކަންބޮޑުވެ ވާހަކަދައްކާ ކަމަށާއި، އަޅުގަނޑުމެން ދިރިހުރިމީހާގެ ނަފްސާމެދު ވިސްނާނީ ކޮންއިރަކުކަމާމެދު ޝަމީމް ވަނީ ސުވާލު ކުރައްވާފައެވެ. ދީނީ އިލްމުވެރިޔާ ޑރ.ޝަމީމް ވިދާޅުވީ މީހާގެ ފުރާނަ ދިއުމަށްފަހު ﷲ ގެ ހަޟްރަތަށް އެވަގުތުންފެށިގެން ދަތުރުކޮށް އޭނާގެ ހިސާބު ބައްލަވަން ފެށުނީ ކަމަށައި، ދިރިތިބީންނަށް ދެން ކޮށްދެވޭނެ ކަމަކަށް އޮންނާނީ ސަދަގާތެއްކޮށް ހެޔޮދުއާ ކޮށްދިނުންކަމަށެވެ. 

"ފުރުސަތު" މި މައުލޫގެ ދަށުން ބޭއްވި ދަރުސް.. 

ޝަމީމް ވިދާޅުވީ މަރުއައިސް އެމީހަކާ ބައްދަލުކުރުމުން ދެން ހެދޭނެ އެއްވެސްގޮތެއް ނޯންނާނެ ކަމަށާއި، މަރު އެމީހަކަށް ރަހްމް ނުކުރާނޭކަމަށެވެ. މާތް ﷲގެ ހަޟްރަތުގައި ވަކި މީހަކު މަރުވުމަށް ހާއްސަ ކަމެއް ނޯންނަކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، ރސޫލު ބޭކަލުން ފިޔަވައި އެހެން އެއްވެސް ނަފްސަކަށް މަރުއައިސް އެމީހަކާ ބައްދަލުކުރުމުން އިތުރު މުހުލަތެއް ނުދެއްވޭނެ ކަމަށާއި އެއީ އެއީ މާތް ﷲގެ ނިޔާކަމަށެވެ.

ދެން އަޅުގަނޑުމެންގެ ތެރެއިން ތަގުވާވެރި ސޯލިހުންނާއި މާތް މީހުންނާއި ނުވަތަ ވިޔާނުދާ މީހުންނާއި، ނުލަފާމީހުންނާއި މުއްސަނދިންނާއި ފަގީރުންނާ ކުދި މީހުންނާއި ބޮޑެތި މީހުންނާއެއްވެސް މީހަކަށް މަރު ރަހުމަތް ނުކުރާނެ

ޝެއިހް އާދަމް ޝަމީމް ވިދާޅުވިއެވެ

ރޭގެ ދަރުޝް އަޑުއެހުމަށް ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދަށް ޖަމާވެފައިވާއިރު، ގިނަބަޔަކު ވަނީ މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދަރުސް އަޑުއަހާފައެވެ. މިއީ އަލް -އަސްރުން، އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ބޭއްވި ދަރުހެކެވެ. މީގެ ކުރިންވެސް ޑރ.ޝަމީމްގެ ދަރުހެއް ހުޅުމާލޭގައި ވަނީ ބައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.