ބިމާ އާއި ފްލެޓު އިންސާފު ވެރިކޮށް ދެވޭނެ ދުވަހެއް އަންނާނެ ބާ؟

12 Oct 2018 | 12:06

މިއީ އާ މައުލޫއެއް ނޫނެވެ. ދިވެހިން ދަންނަ ފަރިތަ ވާހަކައެކެވެ.

މިދިޔަ ބުދަ ދުވަހު ހެދުނު ސިޓީ އުރަގަނޑު އަތަށް ލައިގެން ގެއިން ނިކުމެގެން ގޮސްފީމެވެ. ދާން އުޅުނު ތަނައް ދެވުނު އިރު ކަމަކުދާކަށްނެތެވެ. އޮޅުނުސުވާއްޔެއްހެން ދާމާލާފައި އޮތް ކިއު މި އޮތީ ހައުސިން މިނިސްޓްރީން ފެށިގެން ގޮސް ކަޅުތުއްކަލާ ކޮށްޓާ ހަމައަށެވެ. ހައިރާން ވެފައި ހުރެ ސައިކަލްގަޑު ޕާކް ކޮށްފައި ގޮސް މިނިސްޓްރީ ތެރެއަށް ވާނުވާގައި ވަންއިރު ކިއު މިއޮތީ މިނިސްޓްރީގެ ގޯތިތެރެއަށް ވަދެފައެވެ.

ފާލުން ނާއްޓާފައި އޮތް ކިއު އަކީ މާލެ ރަށްވެހިންނާއި ދަފްތަރުގައި ޖެހި ތިބިމީހުންނަށް ސަރުކާރުން ވިއްކަން ނިންމާފައިވާ ހުޅުމާލެއިން ދުކުރާ 400 ބިމަށް ފޯމު ހުށައަޅަން ދާމާފައި އޮތް ކިއު އެވެ. އަޅުގަނޑަކީ އަތޮޅު ތެރޭ މިހެކެވެ. ނޫނީ ރާއްޖެ ތެރޭ މީހެކޭ ބުނީމާ ތަންކޮޅެއް ހިންހަމަޖެހުން ލިބެއެވެ. މާލޭ ރައްޔިތުން ތަކަކަށް ފޯމް ކޮޅެއް ލައިދޭން އަޅުގަނޑުވެސް ދިޔައީ އެވެ. އޭރު ގަޑިން 8.30 ވަރު ވަނީ އެވެ. ކިއު މިއޮތީ ދާމާ ނިމިފައެވެ. ތަނުގެ އަޑުގަދަ ކަމުން ދެންމެ ދެންމެ ހިފައި ގަނެދާނެހެން ވެސް ހީވެއެވެ.

އަޅުގަނޑު ހިތަށް އެރިއެވެ މިއޮތީ ވާކަމެކެވެ. އަޑު ކަޑައިގެން ނުދެއެވެ. ކިއުގައި ތިބިއިރު ކޮށްޕާ ގަޅުވާ ހަދަމުން ދިޔައެވެ. ހައުސިން މިނިސްޓްރީގެ ކުދިންތަކެއް ވަރަށް ހިއްވަރު ކުރަމުންދާތަން ފެނެއެވެ. ނަމަވެސް ކީއްކުރާނީ ތޯއެވެ. ތަނުގެ ހަމަ އޮތީ ގެއްލިފައެވެ.

ދަމާލެވިފައިވާ ދިގު ކިއު ދަނީ އިރުއިރުކޮޅާ ފަޅަމުންނެވެ. އަޅުގަނޑަށް ހަމަ ބަލަން ހުރެވުނީއެވެ. ހުރެވިދާނެ ނުންތޯއެވެ . މިވަރުގެ ކަމެއްކަން ކުރިއަކުން ނޭނގެއެވެ. ވިސްނުމަށް ވެސް ނާދެއެވެ. މިހެން ހުއްޓާ ހަރުއަޑުން އަޅުގަނޑުގެ ނަމުން މީހަކު ގޮވާތީ އިވުނެވެ. ތިޔަހެން ހުއްޓަކަސް މިކަން ނުވާނެއޭ ބުނި އަޑު އެހީމެވެ. ބަލާލި އިރު ގާތް ރަހުމަތްތެރި އެކެވެ. އޭނާ ކައިރިއަށް ޖެހިލުމުން އޭނާ ކިއުގައި ހުރިތަނަށް އަރަން ބުންޏެވެ. އަދި ތިމަންނަ މި ދަނީއޭ ގުޅާނަމޭ ކިޔާ ގޮސްފިއެވެ. ނަސީބް ރަގަޅުކަމުން ލައްވާލީ ކިއުގެ ފެށޭހިސާބުންނެވެ.

ކިއުގައި ހަމަ ޖެހިގެން ހުރެ ވަށައިގެން ހިނގާ ކަންކަމަށް ނަޒަރު ހިންގާލީމެވެ. ފަހަތުންނާއި ކުރިމަތިން ކޮށްޕާހަދައެވެ. ކިއުފަޅާ މީހުން ކިއުފަޅަނީ އެވެ. އެމީހުންނާ ޒުވާބުކުރާ މިހުން ޒުވާބުކުރެއެވެ. ނުވިތާކަށް އަވަގުރާނަ ގޮވާވެސް ހެދިއެއެވެ.

ކޮންމެއަކަސް ނަމްބަރެއް ލިބޭތޯ ހުއްޓާ ދެއްމިއިވުނީ އަދި ނަންބަރު ދުކުރަން ނުވެސް ފަށާވާހަކައެވެ. ހޫނުވާ ލެއް ބޮޑުކަމުން އޭރު މިހުރީ ބޮލުގައި ސިޓީ އުރަގަނޑު އަޅައިގެނެނެވެ. ދާ ހިއްލާ ފޯވެފައެވެ. ކޮންމައަކަސް މައްސަލަ ގޯސްވެ މިނިސްޓްރީގެ ކުދިންނަށް ތަން ބެލެހެއްޓެ ގޮތެއްނުވިއެވެ. ނަސީބަކުން ކިއުއިން ކުދިންތަކެއްނުކުމެ ވަރަށް މަސައްކަތުން ތަން ހަމައަކަށް އަޅުވައިފިއެވެ. ނަންބަރު ގަޑެއްވެސް ލިބިއްޖެއެވެ. ދުވާލަކަށް ދޫކުރަނީ 500 ނަމްބަރެވެ. އިސާހިތަކު އެކަން ނިމިއްޖެވެ. އޭރު ކިއު މިއޮތީ ކޮޅު ނުފެންނަވަރަށް ދަމާލާފައެވެ. ލިބުނު ބަޔަކަށް ލިބުނެވެ. ގިނައީ ހުސްއަތާ ދާންޖެހުނު މީހުންނެވެ.

ނަންބަރު އަޅުގަނޑަށް ލިބިއްޖެއެވެ. މީހަކަށް ލެވެނީ ފަސް ފޯމެވެ ނަމަވެސް އަޅުގަނޑު ލާން އޮތީ ތިން ފޯމް ކަމުން އެހެން މީހަކަށް ބަކީ އިން ދެ ޖާގަ ދިނީމެވެ. ނަމްބަރު ލިބުމުން ގޮސް ގޮޑިއެއްގައި އިނީމެވެ. ތަނުގެ ހާލަތު ފުމޭ މެކުނު ބައި ގަޑޭކޭ އެއްގޮތެވެ. މައްސަލަ ޖައްސާ މީހުން ގިނައެވެ. ޒުވާބު ހުއްޓާ ނުލާ ކުރިއަށް ދެއެވެ. ފްލެޓް އާއި ބިމަށް އެދި ފޯމް ލުމަކީ އަދި މިވަރުގެ ކަމެއްކަން ނޭގެއެވެ. ދުވަހަކުވެސް މިކަހަލަ ތާކަށް ނުދާތީ ތޯއެއްޗެކެވެ. ކޮންމެއަކަސް ދެން އަދި އިވުނީ އޭރު ޙިދުމަތް ދެމުން ދަނީ އަންގާރަ ދުވަހު ދޫކުރި ނަންބަރު ތަކަށްކަމެވެ. ހާދަ ތައް ބައެކޭ ހިތަށް އެރިއެވެ. ދުވާލަކު 2500 ފޯމް ހުސާއަޅާކަން ވިސްނާނުލެވުނެވެ.

މިހެން އިންދާ ދެންޖެހުނީ އެކުދިންގެ ބްރޭކް ގަޑި އެވެ. އޭރު އެކިއެކި މީހުން ފޯމް އެއް ލައިދީ ފާނަންތޯ އައިސް އަހަމުންދެއެވެ. އެކަމަކު ކީއްކުރާނީ ތޯއެވެ. އަޅުގަނޑުގެ ސްލޮޓް ގައި މިއޮތީ ނަޓް އެޅުވިފައެވެ. ބްރޭކް ގަޑި ޖެހުމުން ނިކުންނަށް ދިއައިރު ކަމުދާކަށް ނެތެވެ. އަނެއްކާވެސް މިއޮތީ ކިއު ދަމާފައެވެ. އެކަމު މިއަދަށް ވާ ނަންބަރު ވަނީ ދޫކޮށް ނިމިފައެވެ. މިތިބީ މާދަމާ އަށް ކިއު ޖައްސާފައޭ ބުނާއަޑު އެހީމެވެ. ހިނިގަނޑެއް ޖަހާފައި އަޅުގަނޑު ގޮއްފީމެވެ. އެހެންވާނެނޫން ތޯއެވެ. މަށައް މިއޮތީ ނަމްބަރެއް ލައްވާލާފައެވެ. ކޮންމެއަކަސް ނަމްބަރުގަނޑު އަތަށް ލައިގެން ނުޖެހި ބަލަން ހުއްޓާ އިރު އޮއްސިއްޖެއެވެ. އަނެއްކާ ވެސް ބްރޭކް ގަޑި ޖެހުމުން ގެއަށް ގޮސްލީމެވެ.

ހެދުނު ނިމި، މެންދުރު ފަހަނަ އަޅާ، ރޭގަނޑުން ބައެއްގޮސް ދަންވެ ފަތިސް ވެއްޖެއެވެ. މިނިސްޓްރީގެ ވެބްސައިޓުން ނަމްބަރު ބާލާލާ ބަލާލަ އިނީމެވެ. ނުޖެހޭނުންތޯ އެވެ. ލިބުނީ 461 އެކެކެވެ، ދުކުރީ 500 ނަމްބަރެވެ. އެހެންކަމުން ޖެހޭނީ ފަހުކޮޅުތާއެވެ. ނަމަވެސް މިހާ ލަސްވާނެކަމަކަށް ހިތަށްވެސް ނާރައެވެ. މިހާ ދިގު ކިއުއެއްގައި ނުވެސް ޖެހެމެވެ. ޖެހުނު އިރު މިޖެހެވުނީ ފިސާރި ކިއު އެއްގައެވެ. ކޮންމެއަކަސް ބަލަން އޮތްވައި އަނެއް ދުވަހުގެ އިރު އަރާފިއެވެ. އޭރުވެސް ފޯމް ބަލައިގަތުން ބާރަށް ކުރިއަށް ދެއެވެ. ނަމްބަރު ޖެހުން ކާރި ކޮށްފައި އަށެއް ޖަހާއިރު ހައުސިން އަށް ގޮސްފީމެވެ.

ކަމަކުދާކަށް ނެތެވެ. މިނިސްޓްރީ ވަށާ ޖެހެންދެން އޮތީ ކިއުދަމާފައެވެ. ރައްޔިތުން އަމިއްލައަށް ކިއު ތަރުތީބް ކުރަމުންދެއެވެ. ވަކި ދޮރަކުން ނޫނީ ނުވަދެވޭ ގޮތަށް ވަނީ ހަދާފައެވެ. މީހުން ގިނަވެފައި ފޯމް ލުމަށް މީހުން ހުރި ފޯރި ފެނިފައި ބުނާނެ އެއްޗެއް ނޭގި ހުރެ ގޮސް ގޮޑި ބަރީގައި އިށީނީމެވެ.

ބޯހިޔާވެހި ކަމުގެ ވާހާކަ އެންމެ ބާރަށް ހަރު އަޑުން ފުރަތަމަ ދައްކަވަން ފެއްޓެވީ ކުރީގެ ރައީސް ނަޝީދެވެ. ހިޔާލު ތަފާތުވާ ބޭފުޅަކު ތަފާތު ވާންވީއެވެ. ގަބޫލް ނުކުރަށް ވާ ބޭފުޅަކު ނަމަ މި ލިއުން ކިއުން ހުއްޓާލިއަސް އެންމެ ރަނގަޅެވެ. އެބޭފުޅާ ފްލެޓްގެ ވާހަކަ ދެއްކިވަރުން އޭރުގެ އިދިކޮޅު ސަޕޯޓަރުން އެމަނިކުފާނަށް " ފްލެޓް ދޮންބެ" ވެސް ކިއެވެ. ހަޖޫ ޖެހިލެއްބޮޑު ކަމުން އެމަނިކުފާނު އަމިއްލަ ފުޅަށްވެސް ފްލެޓް ދޮންބެ ކިއެވެ. އަދި ރައީސް ނަސީދުގެ ސަރުކާރުން ފްލެޓް އެޅިއެވެ. ބަހަންވެސް ފެށިއެވެ.

ނަމަވެސް އޭރުގެ އިދި ކޮޅުފަރާތް ތަކުން ގޯވީ ކޮރަޕްސަންއޭ، އިންސާފު ވެރިއެއްނޫނެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމި ރައީސް ވަހީދުގެ ވެރިކަމުގައިވެސް ކަންދިޔައީ ހަމަ އެހެންނެވެ. ދެން މިހާރު ވެރިކަން ނިމުމަކަށް ދާ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ކަންއޮތީ މިހެންނެވެ. ކޮރަޕްސަނޭ، އިންސާފުވެރިއެއް ނޫނޭ، ޖަރީމާއޭ ގޮވާ އަޑު ކެޑިގެން ނުދެއެވެ. ކުރީ ފަހަރުތެކޭ އެއްފަދައިން މިފަހަރުވެސް އެންޓި ކޮރަޕްސަން ކޮމިސަންގެ އަޑުފައްގަޑު ފަޅައިގެން ދާވަރަށް ގަދަވެއްޖެއެވެ. ކޯޓް ތަކަށް މައްސަލަ ވައްދައިފިއެވެ. ސިޔާސީ ބޭފުޅުންނަށް އަދި މިކަންވީ ރަނުގެ ފުރުސަތަކަށެވެ. ހަބަރު ތަކުގައި މިވެނި ސިޔާސީ މީހަކު މިހެންބުންޔެވެ. އެވެނި ބޭފުޅެއްގެ މިވެނި ޓްވިޓެކޭ، ދެން ކީކޭ ބުނާނީ ތޯއެވެ. އަބަ ނާރާނެ ވާހަކަތަކެވެ. ދެއްކުމަށް ވުރެން ނުދެއްކުން ބުއްދި ވެރިއެވެ. ދައްކާ ކޮޅުން ނުލާނެތީ އެވެ. ނިމުނީ އެއްނޫނެވެ. އަދި މިފަހަރުގެ ފޯމްތަކުގެ އަޑާއެކު މިއިވުނީ މުޅިން އާ އަޑެކެވެ. ބިންތަށް ދޫކުރަން އޮތް އެޗްޑީސީގެ ސްޓާފުން އެކަމާ ދެކޮޅަށް ޕެޓިސަން ހެދި ވާހަކައެވެ. ފޯރިއެއް އެބަ ހުއްޓެއްނުން ތޯއެވެ. ވަކި މިތޯ ބުނާނެ ބަޔަކު އެބަތިބު ތޯއެވެ. ނޫންނަމަ މިނޫން ފަހަރަކާ ބޯހިޔާވެހިކަން ނުލިބި ތިބި ރަށްޔިތުން ނަށް ދިމާވާން ނެތީބާ އެވެ.

މައްސަލައެއް ނެތެވެ. އޭސީސީ އިން އެބޭފުޅުންގެ ޒިންމާ އަދާ ކުރަންޖެހެއެވެ. ނޫންނަމަ ދައުލަތަށް އެންމެ ފައިދާ ކުރާނެ ގޮތް ދައްކަދޭން ޖެހެއެވެ. އެކަމު ރައްޔިތު މިހާއަށް ދައުލަތަށް ފައިދާ ކުރާނެ ފުރިހަމަ އަގު ދެއްކިދާނެ ތޯ ސުވާލު ކޮށްލުން ކިހިނެއްވާނެ ތޯއެވެ؟. ނުވިތާކަށް މުޖުތަމައުގެ ހާލަތު ބާލާލުން ކިހިނެއްވާނެތޯ އެވެ؟.

ދެން ނިކުތީ އެޗްޑިސީ އެވެ. އެބޭފުޅުންގެ ސުއޫރުތަށް ފެނިފައި އަޅުގަނޑު ވާ ހުއްޓުން އެރިއެވެ. އަރާނުންތޯއެވެ. ވިޔަފާރި އުސޫލުން ބަލަންޔާމު ހަމަ ބަރާބަރު ވާހަކަތަކެވެ. ދެކޮޅު ސާފުކޮށް ފެންނަން ޖެހެއެވެ. ރިއަލް ސްޓޭޓް ކުންފުންޏަކަށް އެންމެ ފައިދާ ކުރާނެ ގޮތް ބަލާނެކަން ޔަގީނެވެ.

ދެން އޮތް ސުވާލަކީ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭސަން އަކީ ރިއަލްސްޓޭޓް ކުންފުއްޏަކީ ބާއެވެ؟ ފަހަރުގައި އެ ސުވާލުގެ ޖަވާބް އެންމެ ރަގަޅަށް ދެވޭނީ އެކުދިންނަށެވެ. މީ އަޅުގަނޑުގެ ހިޔާލެވެ، އަދި ސުވާލްތަކެވެ. ފްލެޓާއި ބިން ދުކުރަން ފަހުގެ ތާރީހުގައި ގައުމުގައި ހުޅުވާލީ ކޮންމެފަހަރަކު މި ނޫން އަޑު ތަކެއް ނީވެއެވެ. ބަޔަކަށް ޢީދެއް އަންނަ ކަހަލައެވެ. އަނެއް ބަޔަކަށް ސިޔާސީ ގޮތުން މަސްހޫރުވާން ލިބޭ ވަގުތުތަކޭ ހީވެއެވެ. ކޮންމެ ގޮތަކަށް ވިއަސް ރައްޔިތު މިހާ އަށް ލިބޭ މީ ބޮޑު ނިކަމެތިކަމެވެ. ދުއްތުރާއެކެވެ.

މި ދެދުވަހު އަޅުގަނޑަށް ފެނިގެންދިޔައީ ދިވެހި އެތަށް ރަށްޔިތުން ތަކެއް ފޯމް ހިފައިގެން ގޮސްތިބި ތަނެވެ. އޭގެ ތެރޭގައި އެކި ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުން ތިބޭނެ ނޫންތޯއެވެ. ވަކި ތިބޭނީ ހުސް ޕީޕީއެމް ނޫނީ އެމްޑީޕީ ގެ ސަޕޯޓަރުން ނޫނެއްނޫން ތޯއެވެ. ހުސްވެސް ބޯހިޔާވަހިކަށް ބޭނުންވާ ދިވެހި ރަށްޔިތުން ނޫންތޯއެވެ. އެކަމަކުވެސް އަޅުގަނޑު މެންނަށް މިފެންނަނީ ސިޔާސީ ފަރާތްތަކުން މިކަހަލަ ކޮންމެ ފަހަރަކުވެސް ހިލިގަންނަތަނެވެ. ފުރުސަތުގެ ބޭނުން ހިފަން ފޫގަޅާ މަންޒަރެވެ. ނަމަވެސް ކުރަންޖެހޭ ސުވާލަކީ ވޭތިވެދިޔަ ތަނުގައި ކިތަށް ފަހަރުމަތިން ކިތަށް ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލިތޯއެވެ. ހުޅުވާލި ކޮންމެ ފަހަރަކު ރައްޔިތުން ގޮސް އަވި ދެންޔާ އަވީގައި ވާރޭ ވެހެންޔާ ގޮސް ވާރޭގައި ނުތިބޭ ތޯއެވެ؟

ސުވާލްތަށް ބަހައްޓަމާ ހިނގާށެވެ. އަޅުގަނޑަށް ފޯމް ލާން ކިއުގައި ހުރި އިރު އަޅައިގަތް ބައެއް ކަންކަމަށް ބަލާލާނެވެ. އަޅުގަނޑަށް ފެނުނީ މައިން ދަރިން ކިހިލި ޖަހައިގެން ގޮސްތިބިތަނެވެ. އެއްބަޔަކު ރޯ އަވީގައި ކުޑަ ނަގައިގެން ގޮސް ތިބިތަނެވެ، ކޮޅަށް ނުތިބެވޭ އެތަށް ބަޔަކު ގޮޑި އަޅައިގެން ތިބިތަނެވެ. އެއްދުވަސް ކުރިން އެތަށް ބަޔަކު ކިއު ދަމާފަ ތިބިތަނެވެ. އަޅުގަނޑު ކަހަލަ އެތަށް ޒުވާނުންތަކެއް ބްރޯ ބްރޯ ސްލޮޓެއް ނެހޭ އަހާ މަންޒަރު ތަކެކެވެ. ދެން އަދި ޖެހުނީ މި މައުލޫއަށް އިތުރަށް ފިކުރުކުރަން ޖެހޭ ވަރުގެ ކަމެކެވެ. ދެމަފިރިޔަކު އައިސް ކޯއްކޯ ދައްތަ މެންނަށް މި ފޯމްގަޑު ލައިދީފާނަންތޯ އެހިއަޑެވެ. ޔަގީނުންވެސް އެއީ ޒުވާން ދެމެފިރިން އެއް ނޫނެވެ. ހުއްޓުން އަރާފައި ކިތަށް ފޯމް ތޯ އަހާލީމެވެ. 2 ފޯމް ދިނެވެ. ފޯމް ބެލި އިރު އެ ދައްތަގެ އުމުރަކީ 61 އެއް އަހަރެވެ.

ދެން މި މައުލޫއަށް ދައްކާނެ އިތުރު ވާހަކައެއް އެބައޮތް ތޯއެވެ؟ ވިސްނާ ފިކުރު ކުރާ މިހާކަށް މިކަމުގެ މުހިންމުކަން މިހުރީ ފެންނަން ނޫންތޯ އެވެ. ކަން މިހުރީ މިހެންނެވެ. ވަގުތުގެ ފައިދާ ނަގާ މީހުން މަޅިގަނޑު މޮހައިގެން އެތިބީ އެވެ.

ސިޔާސީ ވެރިން ޕާޓީ އަށް ފައިދާވާނެ ގޮތަށް ވާހަކަތަށް ހުއްޓާނުލާ ދަނީ އަތުރަމުންނެވެ. ކުރިން އަހަރުތަކޭ އެއްގޮތަށް ބޯހިޔާވަހިކަން ހުޓުވަން ކުރެވޭނެ ހުރިހާ ކަމެއް މިފަހަރުވެސް މި ދަނީ ފެންނަމުންނެވެ. ކުރިއަށް ގޮސްގެން ލިބުނުބަޔަކަށް ރަނގަޅެވެ. ނުލިބުނު ބަޔަކަށް ވަރަށް ދެރައެވެ. ދެން އޮތީ އަބަދުވެސް ދަށްކާވާހަކައެވެ. ލިބުނު މީހުންނަށް ލިބުނީ އިންސާފުން ތޯއެވެ. ނުލިބުނު މީހުންގެ ހައްގު ކޮބާތޯއެވެ. އެސުވާލަށް އަޅުގަނޑު ޖަވާބު ދޭކަށް ނެތީމެވެ.

އެކަމުވެސް ހިތަށް އަރާ އެއްޗެކީ މިނޫން ގޮތެއް މިކަމުގައި ހަމަ ނެތީބާވެވެ. ނުވެސް އޮންނާނެ ބާއެވެ. ނޫންނަމަ އެ މުސްކުޅި ދެމަފިރިން ބުނިހެން " ބިމާ އާއި ފްލެޓު އިންސާފު ވެރިކޮން ދެވޭނެ ދުވަހެއް މިވެރިންނަށް އަންނާނެ ތޯއެވެ."

Advertisement

ކޮމެންޓް