އެމްޓީޑީސީގެ ރިސޯޓެއް... ފޮޓޯ: އެމްޓީޑީސީ
ހަބަރު
15 Feb 2025 | 19:35
ރައްޔިތުންގެ 18 އަހަރުވީ ޓޫރިޒަމް ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.3 މިލިއަން ޑޮލަރު!

ސަރުކާރާ ދިވެހި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ލިބިއްޖެއެވެ.

އެމްޓީޑީސީން ނެރެ އާއްމުކޮށްފައިވާ އެކުންފުނީގެ މިދިޔަ އަހަރުގެ މާލީބަޔާނަށް ބަލާއިރު، އެ އަހަރުގެ ތެރޭގައި ޓޫރިޒަމް ވިޔަފާރިން އެކުންފުންޏަށް ވަނީ 5.2 މިލިއަން ޑޮލަރު ލިބިފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 80.01 މިލިއަން ރުފިޔާއެވެ. މާލީބަޔާނަށް ބަލާއިރު، އާއްމު ގޮތެއްގައި އެކުންފުންޏަށް ކޮންމެ ކުއާޓަރަކުވެސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.3 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރު އެމްޓީޑީސީ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.4 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ސާފްފައިދާގެ ގޮތުގައި އެމްޓީޑީސީއަށް 1.3 މިލިއަން ޑޮލަރު ލިބުނުއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން އެކުންފުނީގެ ފައިދާ ހުރީ 1.5 މިލިއަން ޑޮލަރުގައެވެ. އެމްޓީޑީސީގެ ވިޔަފާރީގެ ފައިދާއިން މިދިޔަ އަހަރު ހިއްސާއަކަށް ޖެހިފައިވާކަމަށް އެކުންފުނީގެ މާލީބަޔާނުން ދައްކަނީ 60 ލާރިއެވެ.

އެމްޓީޑީސީގެ މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތަކާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓުން ދައްކާގޮތުގައި، ހދ.އަތޮޅު ރައްޔިތުންގެ އެންމެ އުއްމީދީ މަޝްރޫޢުކަމަށްވާ، ނާގޯށި ރިސޯތް ހެދުމުގެ މަސައްތް އަދިވެސް އޮތީ ހުއްޓިފައެވެ.

އެމްޓީޑީސީއަކީ ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް 2006 ވަނަ އަހަރު ރައީސް މައުމޫން ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.