މިފްކޯގެ ބެލުމުގެ ދަށަށް އައިސްޕްލާންޓްތައް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ... ފޮޓޯ: މިފްކޯ
ހަބަރު
15 Feb 2025 | 20:40
ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި އައިސްޕްލާންޓްތައެް މިފްކޯގެ ދަށަށް ބަދަލުކޮށްފި

ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ހުރި އައިސްޕްލާންޓްތައް މިފްކޯގެ ބެލުމުގެ ދަށަށް މިއަދު ބަދަލުކޮށްފިއެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ މަސް ކުންފުނިން ބުނީ، ފެނަކައިން އަތޮޅުތެރޭގައި ހިންގަމުންއައި  14 އައިސް ޕްލާންޓެއް މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާކަމަށެވެ. މިކަމުގެ އެއްބަސްވުމުގައި މިއަދު މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވްއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހެވެ.

މި އެއްބަސްވުމުގެ ދަށުން  ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، އަދި ގދ. ފިޔޮރީގެ އިތުރުން ސ. ހިތަދޫގެ އައިސްޕްލާންޓް މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުވެގެންދާނެއެވެ.

ފެނަކައިގެ ބެލުމުގެ ދަށަށް 14 ރަށެއްގައި ހުރި އައިސްޕްލާންޓްތައް ބަދަލުކޮށްފައިވަނީ އެތަންތަން ހިންގުމުގައި ފެނަކައަށް މާލީގޮތުން ހުރި ގޮންޖެހުންތަކުގެ ސަބަބުންކަމަށް ސަރުކާރުން ބުނެއެވެ. ފެނަކައިގެ ދަށުގައި ހުރި އައިސްޕްލާންޓްތައް މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރިއިރު މީގ ެތެރެއިން ގިނަ ތަންތަން ހުރީ ހުއްޓިފައެވެ. ފެނަކައިގެ މާލީ ހާލަތުި ދަށްވެފައިވާއިރު، އެކުންފުނިން ހިންގަމުން އަންނަ އައިސްޕްލާންޓްތަކުން އައިސްނުލިބުމުގެ ޝަކުވާ އަބަދުވެސް މަސްވެރިން ކުރެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ 9 ރަށެއްގައި އައިސްޕްލާންޓްތައް އަޅާނޭކަމަށް ބުނެފައެވެ. އެ ރަށްތަކަކީ  ހއ. ދިއްދޫ، އއ. ރަސްދޫ، ލ. މާމެންދޫ، ދ. މީދޫ، ގދ. ރަތަފަންދޫ، ޅ. ނައިފަރު، މ. ވޭވައް، ގދ. ފިޔޯރީ އަދި ލ. މާވަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް