އިސްލާމީ މަރުކަޒުގައި މި އަހަރުގެ ރޯދަ މަހު ތަރާވީސްކުރާނޭ އިމާމުން..
ހަބަރު
15 Feb 2025 | 21:01
އިސްލާމީ މަރުކަޒުގައި ތާރާވީސް ކުރާނެ އިމާމު ކަނޑައަޅައިފި، މުޅީން ވެސް ޒުވާނުން!

މާލެ ސިޓީގެ ބޮޑު މިސްކިތް، އިސްލާމީ މަރުކަޒުގައި މި އަހަރުގެ ރޯދަ މަހު އިމާމުވެ ތަރާވީސް ކުރާނެ އިމާމުން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ އިސްލާމީ މަރުކަޒުގައި މި އަހަރު ތަރާވީސް ނަމާދު އިމާމުވެ ކުރާނީ ޒުވާން ހަތީބުންގެ ޓީމަކުން ކަމަށެވެ.

އެއީ މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފް ކަމަށް ވިދާޅުވި އެވެ.

ސުލްޠާން މުޙައްމަދު ލަޠީފް މި ޓީމާ ގުޅޭނީ ފަހު ދިހައިގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަތީފް ކަމަަށް ވިދާޅުވިއެވެ

.

އަޅުގަނޑުމެންގެ އަމާޒަކީ މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުން

ޝަހީމް ވިދާޅުވިއެވެ

މި އިމާމުންގެ ތެރޭގައި ހިމެނޭ ސަލްމާންއާ ސުލްތާން އަކީ މަރުކަޒުގެ އިސް އިމާމު އައްޝައިހް މުހައްމަދު ލަތީފްގެ ދެ ބޭފުޅުންނެވެ. ސުލްތާން އަކީ މަދީނާގައި ކިޔަވާ ދަރިވަރެކެވެ. މިދިޔަ އަހަރުވެސް މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރީ ސުލްތާނާއި ސަލްމާނެވެ.

ކޮމެންޓް
ޫޫއުބުޓޭ
ހުސް ލަތީފްގެ ދަރިން ތަ؟
16 Feb 2025
ގުޅޭ ލިޔުންތައް
21 Jul 2026
ޕާޓީތަކަށް ނޭނގި މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިފި
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ރައްޔިތުންނަށް ނޭނގި ނަން ހިމެނުމުގެ ޒަމާންވީ މައްސަލައަށް އީފާސް ނިޒާމު މެދުވެރިކޮށް ދާއިމީ ޙައްލެއް ގެނެސްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
21 Jul 2026
ސައުދީން މަލްޓިޕްލް އެންޓްރީ އުމްރާ ވިސާ ދޫކުރަން ފަށައިފި
ސައުދީ އަރަބިއްޔާއިން އަހަރެއްގެ ތެރޭގައި އެތައް ފަހަރަކު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ "މަލްޓިޕްލް އެންޓްރީ އުމްރާ ވިސާ" މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދޫކުރަން ފަށައިފިއެވެ.
21 Jul 2026
ވޯލްޑް ކަޕުން ބަލިވުމުން އާޖެންޓީނާގެ ސަޕޯޓަރުން ފުލުހުންނަށް ހަމަލާދީފި
ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވުމާ ގުޅިގެން، އެކަމާ ހިތްހަމަނުޖެހިގެން އާޖެންޓީނާގެ އެތައް ހާސް ސަޕޯޓަރުންނެއް އާދީއްތަ ދުވަހުގެ ރޭ ބިއުނަސް އައިރެސްގެ މަގުތަކަށް ނުކުމެ ފުލުހުންނަށް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިންގައިފިއެވެ.
21 Jul 2026
އާޖެންޓީނާ ކުޅުންތެރިން ތަޅާފޮޅި މައްސަލަ ފީފާއިން ބަލަނީ
ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް ފައިނަލް މެޗުން ސްޕެއިން އަތުން 1-0 އިން ބަލިވުމަށްފަހު، އާޖެންޓީނާގެ ބައެއް ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން ދެއްކި ނޭދެވޭ އަމަލުތައް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ތަހުގީގު ކުރަން ނިންމައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
20 Jul 2026
ހުޅުމާލޭ އަޒީޒާ މިސްކިތަށް ގެއްލުންދީފި
ވޮއިސްއަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ މިސްކިތަށް ގެއްލުންދިންކަމަށް ބެލެވެނީ މެންދަމު 03:30 ހާއިރުކަމަށެވެ
20 Jul 2026
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓް އަޕްގްރޭޑްކުރުމުގެ މަސައްކަތެއްކުރަނީ
މި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ، މާދަމައިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
20 Jul 2026
މެދުއިރުމަތީގައި ތިބި ދެކުނު ކޮރެއާގެ ރައްޔިތުން އެނބުރި ޤައުމަށް ދިއުމަށް އަންގައިފި
މިކަމާ ގުޅިގެން ދެކުނު ކޮރެޔާގެ ފޮރިން މިނިސްޓްރީން ވަނީ އީރާނާއި އިޒްރޭލުގައި ހުރި އެ ގައުމުގެ އެމްބަސީތައް ހިމެނޭހެން 17 ޑިޕްލޮމެޓިކް މިޝަނެއްގެ އިސްވެރިންނާ އާދީއްތަ ދުވަހު ބައްދަލުވުންތައް ކުރިއަށްގެންގޮސްފައެވެ
20 Jul 2026
މިހިނގާ ޖުލައިމަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލްގައި މުހިންމު ހިދުމަތްތަކެއް ފަށަނީ
ކުރިއަށްއޮތް ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ކުރިން އެ ހޮސްޕިޓަލްގައި ފެށުމަށް ނިންމި އާ ހިދުމަތްތައް ދޭން ފަށާނޭކަމަށް ހަލީމް ވިދާޅުވިއެވެ