އިކޮނޮމިކް މިނިސްޓަރު ސައީދު އަހާ ފޯރަމްގައި... ފޮޓޯ: ރައީސް އޮފީސް
ހަބަރު
15 Feb 2025 | 22:36
ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވިޔަނުދޭނަން: ސައީދު

ކުރިއަށްއޮތް ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގުބޮޑުވިޔަ ނުދޭނޭކަމަށާއި، ސަރުކާރުން ދަނީ އެކަމަށް ފުރިހަމަޔަށް ތައްޔާރުވަމުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދާރީވުމުގެ ގޮތުން މިރޭ ކުރިއަށްގެންދިޔަ އަހާ ފޯރަމްގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިގްތިސާދީ ވަޒީރު ވިދާޅުވީ، މި ފަހުގެ ތާރީހެއްގައި މިދިޔަ އަހަރުގެ ރޯދަމަސް ފާހަގަކުރެވިފައިވަނީ އެއްޗެހީގެ އަގުތައް ބޮޑުނުވެ އަތްފޯރާފަށުގައި  އެއްޗެހި ގަންނަން ލިބުނު ފަހަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ވަކިވަކި އައިޓަމްތައް ދަތިނުވެ ބާޒާރުން ގަންނަން ލިބުމާއި އަގުތައް ބޮޑުނުވެ އެއް ހަމައެއްގައި ހިފެހެއްޓިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ މިފަހަރުގެ ރޯދަމަހުވެސް އަގުތައް ބޮޑުވިޔަނުދިނުމަށް ސަރުކާރާއި ވިޔަފާރިތައް ގުޅިގެން މަސައްކަތް ފަށާފައިވާކަމަށާއި އެގޮތުން ގޭބިސީތަކުގައި އެންމެ އާއްމުކޮށް ބޭނުންކުރާ ތަކެތި ދެނެގަނެ، އެ އެއްޗެހި ހެޔޮއަގުތަކެއްގައި ހުސްނުވެ ލިބޭނޭ އިންތިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތްކުރިއަށްދާކަމަށެވެ. އެގޮތުން ގޭބިސީތަކުގައި އާއްމުކޮށް ބޭނުންކުރާ 183 ބާވަތެއްގެ ދެނެގަނެ، ރަމަޟާންމަހަށް އާއްމުކޮށް ބޭނުންކުރާނެ 54 ބާވަތެއްގެ ލިސްޓެއް ހަދައި ހުސްނުވެ އެތަކެތި ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

އަހާ ފޯރަމްގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ ރީދަމަހު ބާޒާރުގައި ދިވެހިން އެންމެ އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަދިނުމުގެ ފުރުސަތު ނުދޭނޭކަމަށާއި މުދާ އަގުބޮޑުކުރުމުގެ މައްސަލައެއް އުޅޭނަމަ އެކަން ބަލައި، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނޭކަމަށެވެ. 

އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގުބޮޑުވާ މައްސަލަ އައިސްފިނަމަ ހަމަ ވަގުތުން އެކަމެއް ބެލުން. އަޅުގަނޑުގެ އިލްތިމާސްއަކީ ރަމަޟާންމަހާ ގުޅިގެން އެއްވެސް ވިޔަފާރިއަކުން އަސާސީ މުދަލުގެ ގޮތުގައި ބޭނުންކުރާ އެއްވެސް މުދަލެއްގެ އަގުބޮޑުނުކުރުން

އިގްތިސާދީ ވަޒީރު ސައީދު ވިދާޅުވިއެވެ

މިނިސްޓަރު ވިދާޅުވީ ބާޒާރުގައި ކާށީގެ އަގުބޮޑުވުމުން އެސްޓިއޯއިން ކާށިގެނެސް މިހާރު ވިއްކަން ފަށާފައިވާކަމަށާއި، ހަމަ އެގޮތަށް ފިޔާ ފަދަ ބާވަތްތައް ބޭރުންގެނެސް ހެޔޮއަގުގައި ވިއްކަމުންދާނޭކަމަށާއި، އެއްޤައުމުން ނުލިބިއްޖެނަމަ އަނެއްޤައުމުން ނަމަވެސް އެއެއްޗެހި އެތެރެކޮށް ވިއްކަމުންދާނޭކަމަށެވެ. މިގޮތުން ކަނޑުމަގުން އެއްޗެއް ނުގެނެވިއްޖެނަމަ ވައިގެ މަގުންނަމަވެސް އެ އެއްޗެއް ގެންނާނޭކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަސް ފާހަގަވެގެންދަނީ ބާޒާރުގައި ވިއްކާ ކާބޯތަކެތީގެ އަގުތައް މައްޗަށްދާ މަހުގެ ގޮތުގައެވެ. ސަރުކާރުން ވަނީ ބާޒާރުގައި ތަކެތީގެ އަގުބޮޑުކުރަންޖެހޭ ފަދަ މައްސަލައެއް ދިމާވެއްޖެނަމަ ވިޔަފާރިތަކުން، ސަރުކާރުގެ ކަމާބެހޭ އިދާރާތާތަކަށް އެކަމެއް ހިއްސާކުރަން އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.