ރޭ ބޭއްވި "އަހާ" ފޯރަމްގައި ބައިވެރިވެވަޑައިގަތް 5 ވަޒީރުން--ފޮޓޯ: ރައީސް އޮފީސް
ހަބަރު
16 Feb 2025 | 10:56
ކުރިއަށް އޮތް ދެ އަހަރު ތެރޭޭ ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ: ޠާރިޤު

ކުރިއަށް އޮތް ދެ އަހަރު ތެރޭޭ ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެންވާރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ ޕީއެސްއެމްއާއި ރައީސް އޮފީހުން އިންތިޒާމްކުރި "އަހާ"ގެ 4 ވަނަ ފޯރަމްގައި ރޭ ވާހަކަދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފެނާއި ނަރުދަމާއާއި ގުޅުންހުރި ޕޮލިސީތައް ހެދުމަކީ އެންވާރަމެންޓް މިނިސްޓްރީގެ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތްތައް ސީދާ ތަންފީޒުކުރަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ މަސައްކަތް 2 އަހަރު ތެރޭގައި އެއްކޮށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. އެެހެންވީމަ ސަރުކާރުން އެ ވުޒާރާގެ ޕޮލިސީ ހަދާ ފަޅިއާއި ތަންފީޒުކުރުމާއި ބެހޭ ފަޅީގެ ކަންތައްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް 2 އަހަރު ތެރޭ މިހާރު ކުރިއަށްދާ މަސައްކަތްތައް ނިންމާލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާއަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އާބާދީ އިތުރުވާގޮތުންނާއި އާބާދީ އިތުރުވާ ސަރަހައްދުތަކުގައި އެކަންތައްތައް އިތުރަށް ފުޅާކުރަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ މައުލޫމާތާއި ޑިޒައިންތައް ހެދުމުގެ މަސައްކަތާއި ހަދަންޖެހޭ ގޮތްތަކާއި ގުޅޭ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީއާއިއެކު ކުރަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.