ވަޒީރު ޝަހީމް އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ މިނިސްޓްރީ
ހަބަރު
16 Feb 2025 | 10:18
ޙައްޖަށްދާ އަގު މިދައުރުގެ ތެރޭގައި ކުޑަކުރެވޭނެ: ވަޒީރު ޑރ.ޝަހީމް

ޙައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން، މިދައުރުގެ ތެރޭގައި ޙައްޖަށް ދިޔުމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ދިޔަ "އަހާ ފޯރަމް"ގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ.ޝަހީމް ވިދާޅުވީ، ހައްޖު ކޯޓާއާއި ބެހޭ މައްސަލައަކީ ހުރިހާ ގައުމުތަކުގެވެސް އޮތް ކަންބޮޑުވުމެއް ކަމަށެވެ. އަދި ރާއްޖޭގެ ހައްޖު ކިޔުގައި މިވަގުތުވެސް 9000 މީހުން ތިބި ކަމަށާ، އޭގެ ތެރެއިން އެއް ބަޔަކީ ކޮވިޑާއި ގުޅިގެން ހައްޖަށް ނުދެވުމުގެ ސަބަބުން އިތުރުވި މީހުން ކަމަށެވެ. 

މިއާއެކު ވަޒީރު ވަނީ، ކިޔުގައި ތިބި ފަރާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ ހާލަތްތައް މެދުވެރުވެފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް މިހާރު ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ، ޙައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމެއްކ ކަމަށްވާއިރު، އެމަނިކުފާނުގެ އިރުޝާދުފުޅާއެކު ޙައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. 

"ޙައްޖަށް މީހުންދިޔުމުގެ އަގު ކުޑަކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަސައްވުރެ ކަނޑައަޅުއްވައިގެން އޭގެ ދަށުން މަސައްކަތް އެބަކުރަމުންދޭ. މިއަދު މިވެނި ދުވަހެއްގައި ޙާސިލުވާނެޔޭ ދަންނަވަން ދަތި. އެހެންނަމަވެސް ރައީސް މުޢިއްޒުގެ މިދައުރުގެ ތެރޭގައި އިރާދަކުރެއްވިޔާ އެއަށް ހަރުދަނާ ހައްލެއް އަންނާނެ." ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jul 2026
މިދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭސް ފެނުނު
އެ ހުރިހާ މީހުންނަކީވެސް މާލެ ސަރަހައްދުން ފެނުނު މީހުން
21 Jul 2026
އެއަރ ކާގޯ ޗައިނާ ފެއާގައި އެމްއޭސީއެލުން ބައިވެރިވެއްޖެ
21 Jul 2026
ބްރިޖް އަދި ހައިވޭ ފުލުހުންގެ އޮޕަރޭޝަނެއް
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންތަކަކީ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމަށާއި، ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުން ހުއްޓުވައި، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ތަފާތު ވަގުތުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.
21 Jul 2026
އެސްއޯއީތަކުގެ އޯޓީ އެއްހަމަ ކުރުމުން ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެ: ޕީސީބީ
މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ޕީސީބީން ބުނޭ
21 Jul 2026
އެސްއޯއީތަކުން މުއައްޒަފުން މަދުކުރަނީ އޮޅުވާލުމެއްގެ ތެރެއިން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ، އެސްއޯއީތަކުން އެ އަދަދަސް މުއައްޒަފުން ވަކިކޮށްފިނަމަ، 50،000 ހާހަށްވުރެ ގިނަ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭކަމަށެވެ.
21 Jul 2026
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް އެއްބަސްވުމެއް
ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މަގު ފަހިކުރުމަށްޓަކައި އެއާ ސާވިސަސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.
21 Jul 2026
ތުހުމަތުކުރެވޭ މީހާގެ 'ޙާލަތަށް ރިޢާޔަތްކޮށް' ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރަނީ
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް ގެއްލުންދިން މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ 'ހާލަތަށް ރިއާޔަތްކޮށް'، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
21 Jul 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މ.ރަންދޫވިލާ އަމްޖަދު މުޞްޠަފާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރައްވައިފިއެވެ.