ރާއްޖޭގައި އަޅާފައިވާ ގެސްޓްހައުސްއެއްގެ ފޮޓޯ
ހަބަރު
16 Feb 2025 | 10:44
އެފްޓީއޭ އާއިއެކު ޗައިނާ މުދާ ގެންނަ ކަމަށްވާނަމަ ޑިއުޓީ ފްރީވެގެންދާނެ: ސަޢީދު

އެފްޓީއޭ އާއިއެކު ޗައިނާ މުދާ ގެންނަ ކަމަށްވާނަމަ ޑިއުޓީ ފްރީވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ ޕީއެސްއެމްއާއި ރައީސް އޮފީހުން ގުޅިގެން އިންތިޒާމްކުރި "އަހާ" ފޯރަމްގެ ތެރެއިން ރޭ ބޭއްވި 4 ވަނަ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. 

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގެސްޓްހައުސް އިމާރާތްކުރުމާއި ސަފާރީ ބަނުމަށް ވަރަށް ގިނަ ސާމާން ރާއްޖެއިން އިމްޕޯޓް ކުރާ ކަމަށެވެ. އެގޮތަށް އިމްޕޯޓް ކުރާއިރު ކޮންސްޓްރަކްޝަން ސާމާނާއި ފަރުނީޗަަރާއި މިހެންގޮސް ހުރިހާ ބާވަތްތައް މީގެ ކުރިން ޗައިނާއިން އިމްޕޯޓް ކުރާއިރު 5% އާއި 10% އާއި ދޭތެރޭގެ ރޭޓްބޭންޑްތަކެއް ޗާޖް ކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެ މުދަލުން އިތުރު ކޮސްޓެއްވެސް ނަގާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ހަރަދަކީ ގެސްޓްހައުސް އަޅާ ފަރާތްތަކަށް ބޮޑުވެގެންދާ ހަރަދެއް ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. އޭގެ ބަދަލުގައި ޗައިނާއިއެކު ދިވެހި ސަރުކާރުން ހަދާފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން އެ އަދަދުތައް މިހާރު 0% އަށް ގެނެވިފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. 

"މާނައަކީ ގެސްޓްހައުސްއެއް ދެން އިމާރާތް ކުރެވޭ ކަމަށްވާނަމަ މި މުދާ ޗައިނާއިން ގެންނަ ކަމަށްވަންޏާ ޑިއުޓީ ފްރީވެގެންދަނީ"

އިކޮނޮމިކް މިނިސްޓަރ މުޙަައްމަދު ސަޢީދު

މީގެ އިތުރަށްވެސް މިނިސްޓަރ ވިދާޅުވީ 296 ބާވަތުގެ ސީފުޑް 0% ރޭޓްގައި ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވިއެވެ. އެފްޓީއޭ އިން ފަހިކޮށްދިން މި ފުރުސަތަކީ މިއީ އެއްވެސް ތަނަކަށް ލިބިފައިނުވާ ފުރުސަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ބޭރު ގައުމުތަކުން މަހުގެ ބާވަތްތައް ގެނެސް ވެލިއު އެޑްކޮށް ޗައިނާއަށް ރީއެކްސްޕޯޓް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް ދާއިރާގައި ޗައިނާގެ އޭޖެންޓުންނަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނެ ފުރުސަތު ނުލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 އިންސައްތަ ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

 ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ފެށުމުން ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައިވާއިރު، މި އެއްބަސްވުމަށް އަމަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 1 ގައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.