މަޖިލިސް ޖަލްސާއެއްގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
16 Feb 2025 | 12:54
ރޯދަމަހު މަޖިލިސް ޗުއްޓީއަށް ނުދާ ގޮތަށް، ޕީއެންސީން ދެވަނަ ވިސްނުމަކަށް!

ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް ޗުއްޓީއަށް ދާން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށް ނިންމި ނިންމުން ބަދަލުކޮށް، ޗުއްޓީއަށް ނުދާ ގޮތަށް މަޝްވަރާކޮށފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހު ހައެއްގައި ފެށި މި އަހަރުގެ ފުރަތަމަ ދައުރުގެ މަޖިލިސް، މި މަހުގެ ނިޔަލަށް ނިންމާލައި، ދައުރު ކުރު ކުރަން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުالله ރިފާއު (ބޮޗޭ) މިިދިޔަ ހަފުތާގައި ހުށަހެޅުއްވާފައިވާއިރު، އެ ނިންމުން ކޮމިޓީން ފާސްވެސް ވަނީ ކޮށްފައެވެ. 

ނަމަވެސް، އެކަމާ ގުޅިގެން ގިނަ ބައެެއްގެ ފާޑުކިޔުންތައް ޕީއެންސީ މެންބަރުންނަށާއި މަޖިލީހަށް އަމާޒުވެފައިވަނިކޮށް، މިއަދު ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން ފަލާޙް ވިދާޅުވީ، ރޯދަމަހުގެ ފަހު ދިހައަކީ ބަންދު ދުވަސް ތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން އެ ދުވަސްތައް މަޖިލީހަށްވެސް ބަންދުވާ ކަމަށެވެ. 

”އެހެންކަމުން 9 ދުވަހު މަޖިލީހުގެ މަސައްކަތް ކުރަން މިޖެހެނީ. ޖެހޭއިރު، މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ރޯދަމަހު މަސައްކަތް ކުރަން މިޖެހެނީ ދެ ގަޑިިއިރު. އެހެންވެ އަޅުގަނޑުމެން ނިންމީ އެ ދުވަސްތައް ބަންދު ކޮށްފައި، އޭގެ ބަދަލުގައި މަޖިލީސް ބަންދު މަހެއްގައި، ފުލްކޮށް މަޖިލިސް ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމީ“ ފަލާހް ވިދާޅުވިއެވެ. 

ނަމަަވެސް އެ ނިންމުމާއެކު ރައްޔިތުންގެ ނުރުހުން އަމާޒުވެ، މަޖިލީހުން އިތުރު ޗުއްޓީއެއް ނަގައި، މަޖިލިސް އަބަދު ޗުއްޓީގައި އޮންނަ ފަދަ މޭރުމަކުން ފާޑުކިޔުންތައް އަމާޒުވުމުން، މިހާރު އަލުން ވިސްނަވަމުން ގެންދަނީ ކުރިން ވެސް އަމަލުކުރާ ގޮތަށް އަމަލުކުރުމަށް ކަމަށް ފަލާހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށްވެސް މާ ފަސޭހަ ރޯދަމަހު ނުވަ ދުވަހު ދުވާލަކު ދެގަޑިއިރު ކޮށްފައި، ފުލްކޮށް އަޅުގަނޑުމެން ޗުއްޓީ ނަގާ މަހެއްގައި ޗުއްޓީ ނެގުން،" ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ މި ހިނގަމުންދާ 20 ވަނަ މަޖިލީހަކީ އެންމެ މަސައްކަތުގެ ރޭޓް އަވަސް މަޖިލިސް ކަމަށާ، މަޖިލިސް މެންބަރުންނަކީ އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބައެއް ކަމަށެވެ.




ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.