ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ---ފޮޓޯ: ވޮއިސް
ހަބަރު
18 Feb 2025 | 10:45
ރާއްޖޭގެ ޔުނިވާސިޓީ ތަކުން ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދެނީ!

އެކްސްޕޯޓް އެޑިއުކޭޝަންގެ މަސައްކަތްތައް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ ޕީއެސްއެމްއާއި ރައީސް އޮފީހުން އިންތިޒާމްކޮށްގެން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި "އަހާ" ސިލްސިލާގެ ހަތަރުވަނަ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. 

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމު ދޭ އިންސްޓިޓިއުޓްތަކުން މުސްތަގުބަލުގެ ލީޑަރުންނަށް ވާން ތިބި ފަރާތްތައް ތަރައްގީކުރުމުގެ މަަަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުނަރުވެރި ޒުވާން ލީޑަރުން ތަރައްގީކުރުމަކީ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެއާއެކު، ރާއްޖޭގައި މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތައް ބޭރުގެ ފަރާތްތަކަށް ދިނުމަށް އެކްސްޕޯޓް އެޑިއުކޭޝަންގެ މަސައްކަތްތައް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"އެއީވެސް ވަރަށް މުހިންމު މަސައްކަތެއް. އެ މަސައްކަތަށްވެސް އަޅުގަނޑުމެން ތައްޔާރުވަމުންދާ ކަމަށް އަޅުގަނޑު މައުލޫމާތަށްޓަކައި ދަންނަވާލަން"

މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު

އެކްސްޕޯޓް އެޑިއުކޭޝަންއާއި ބެހޭގޮތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ ޙުސައިން ޝާމް ވިދާޅުވީ އެކްސްޕޯޓް އެޑިއުކޭޝަންގެ ދަށުން ރާއްޖޭގައި ހުންނަ މަތީ ތައުލީމުދޭ ޔުނިވާސިޓީ އަދި ކޮލެޖްތަކުގައި ކިޔަވަން ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަށް މިނިސްޓްރީ އިން ރާވާފައިވާ ކަމަށެވެ.

އެގޮތުން ސްޓޫޑެންޓް ވިސާއާއި ހުރުމާއި ޕޭސްޓަރަލް ކެއާ ފަދަ ވެލްފެއާ ހިދުމަތްތައް ހަމަޖައްސައިިގެން މި ދާއިރާ ކުރިއެރުވޭނެ ކަމަށް އޭނާ ވިދާޅުވިިއެވެ. 

ޕޭސްޓަރަލް ކެއާގެ ދަށުން ތައުލީމީ ވުޒާރާއަކުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ. އެކި ތައުލީމީ މަރުކަޒުތަކުން ޕޭސްޓަރަލް ކެއާ ފޯރުކޮށްދޭނީ ތަފާތު އުސޫލުގެ މަތިންނެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.