ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި ކާށިތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
16 Feb 2025 | 17:24
ދަތުރުވެރިންގެ މާރުކޭޓުގައި މިހާރު އެންމެ އަގުބޮޑު އެއްޗަކަށް ކާށި!

ދަތުރުވެރިންގެ މާރުކޭޓްގައި ވިއްކާ ކާށީގެ އަގުތައް ވަރަށްބޮޑަށް މައްޗަށް ހިނގައްޖެއެވެ. 

ދަތުރުވެރިންގެ މާރުކޭޓަށް ބަލާއިރު، އެތަނުގައި މިވަގުތު ހުރީ އަތޮޅުތެރޭގެ ރަށްތަކުން ވިއްކަން ގެނެސްފައިހުރި ކާއްޓެވެ. ކާށީގެ އަގުތައް ހުރިގޮތަށް ބަލާއިރު، އެންމެ އަގުހެޔޮކޮށްވެސް ކާއްޓެއް ލިބެންހުރީ 5 ރުފިޔާއަށެވެ. ނަމަވެސް އެއީ ވަރަށް ކުދި ކާއްޓެވެ. ދިވެހިން ކިޔާގޮތުންނަމަ ހުނިގޮނޑިތިލަވެސް ނުވަންނަވަރުގެ ކާއްޓެވެ. 

ދަތުރުވެރިންގެ މާރުކޭޓްގައި އާދައިގެ ސައިޒުގެ ކާށި ލިބެންހުރީ 10 ރުފިޔާ އާއި 15 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ބޮޑެތި ކާށި މިއަދު ވިއްކަންހުރީ 30 ރުފިޔާއަށެވެ. ދަތުރުވެރިންގެ މާރުކޭޓުގައި މީގެކުރިން ދިވެހިކާށި ލިބުން ދަތިވުމުން ބައެއް ފަރާތްތަކުން އަވައްޓެރި އިންޑިއާއިން ކާށި ގެނެސް ވިއްކަމުންދިޔަ ނަމަވެސް މިހާރު އިންޑިއާ ކާށި ނުގެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ކާށިތަކެއް... ފޮޓޯ: ވޮއިސް

ބާޒާރުގައި ކާށީގެ އަގު ބޮޑުވުމާއި ގުޅިގެން އެސްޓީއޯއިން އިއްޔެ ވަނީ ކާށި ގެނެސް ވިއްކަން ފަށާފައެވެ. އެސްޓީއޯއިން ގެނައި ކާށި ވިއްކަމުންދަނީ ކާއްޓެއް 5 ރުފިޔާއަށެވެ. އެސްޓީއޯއިން ރާއްޖެއަށް ކާށި އެތެރެކޮށް ވިއްކަން ފަށާފައިމިވަނީ ކުރިއަށްއޮތީ ރޯދަމަސްކަމުން އެމަހުގެ ތެރޭގައި ކާށީގެ އަގު އަތްނުފޯރާފަށަށް އަރައިގެން ހިނގައިދާނެތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް