އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ އާއި ފްރާންސްގެ ރައީސް މެކްރޮން
ހަބަރު
16 Feb 2025 | 18:15
އިންޑިއާއާއި ފްރާންސް ގުޅިގެން ނިއުކްލިއަރ ރިއެކްޓަރ ބިނާކުރަނީ!

އިންޑިއާ އާއި ފްރާންސް ގުޅިގެން މޮޑިއުލަރ ނިއުކްލިއަރ ރިއެކްޓަރތައް ހެދުމަށް އެއްބަސްވެފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއިން މިކަން އިއުލާނުކޮށްފައި ވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފްރާންސަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުއެވެ. މި ދަތުރުފުޅުގައި މޯދީއާއި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން ވަނީ އެނަރޖީ ސެކިއުރިޓީ ކަށަވަރުކުރުމަށް ނިއުކްލިއަރ ހަކަތައިގެ މުހިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. ފްރާންސްއާއެކު ނިއުކްލިއަރ ހަކަތައިގެ ވާހަކަތައް ބޭއްވުމުގެ ކުރިން، އިންޑިއާއިން ވަނީ އެގައުމުގެ ނިއުކްލިއަރ ހަކަތައާއި ބެހޭ ގާނޫނީ ނިޒާމުގައި އޮންނަ ހަރުކަށިކަން ކޮންމެވެސް ވަރަކަށް ދޫކޮށްލާފައެވެ. ގާނޫނަކާއި ގަވާއިދުތައް އޮންނަ ގޮތުން ޕްރައިވެޓް ސެކްޓަރަށް ނިއުކްލިއަރ ހަކަތައިގެ ދާއިރާގައި ހަރަކާތްތެރިވުމަށް ދަތިތަކެއް ހުރެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ ދެގައުމުން ގުޅިގެން އުފައްދާ ނިއުކްލިއަރ ރިއެކްޓަރ ތަކަކީ މަދަނީ ބޭނުންތަކަށް ބޭނުންކުރާނެ މޮޑިއުލަރ ރިއެކްޓަރކަމަށެވެ.

މޯދީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައިވެސް ނިއުކްލިއަރ ހަކަތައިގެ ދާއިރާއިން އިންޑިއާގައި އިންވެސްޓްކުރުމަށް އެމެރިކާގެ ކުންފުނިތަކާ މަޝްވަރާކުރެއްވުމަށްފަ ހަމަޖެހިފައިވެއެވެ. އަދި ރައީސް ޓްރަމްޕާއެކު ބާއްވާ މަޝްވަރާތަކުގައިވެސް ނިއުކްލިއަރ ހަކަތައިގެ ވާހަކަ ދައްކަވާނެކަމަށް އިންޑިއާގެ ތެލާއި ބެހޭ ވަޒީރު ހަރްދީޕް ޕޫރީ ވަނީ ކުރިން އިޝާރާތްކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.