ހުރާ ސްކޫލުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ވޭޕިންގެ ނުރައްކާތަކާ ބެހޭ ގޮތުން ބޭއްވި ފޯރަމް---ފޮޓޯ: ދަ ސްޓަރ
ހަބަރު
18 Feb 2025 | 11:10
ކުދިން ވޭޕް ގެންދާކަން ދެނެގަތުމަށް އިމާދުއްދީން ސްކޫލުގައި މެޓަލް ޑިޓެކްޓަރ އިންސްޓޯލް ކުރަނީ

ވޭޕް ގެންދާކަން ދެނެގަނެވޭނެ ގޮތް ފަހިކުރުމަށް އިމާދުއްދީން ސްކޫލުގައި މެޓަލް ޑިޓެކްޓަރ ހަރުކުރާނެ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ޑރ. ޢަލީ މަމްދޫހު ވިދާޅުވެއްޖެއެވެ. 

މަމްދޫހު މިގޮތަށް ވިދާޅުވީ ޔުނިވަރސިޓީ މެލޭޔާ ސެންޓަރ ފޯ އެޑިކްޝަން ސައިންސް ސްޓަޑީޒްގެ ނިކޮޓީން އެޑިކްޝަން ރިސާރޗް ކޮލަބަރޭޓިންގ ގްރޫޕް (އެން.އޭ.އާރް.ސީ.ސީ) އިން އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ވޯކްޝޮޕްގައި ވާހަކަދައްކަމުންނެވެ. 

ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ހާއްސަ މި ވޯކްޝޮޕް ރާއްޖޭގައި ބާއްވާފައި ވަނީ “ހެބަޓް (ހެންޓީ، އެލަކް، ބަސްމީ އަސަޕް ޓެމްބަކައު) އިނިޝިއޭޓިވް: އެމްޕަވަރިންގ ޔޫތު ފޯރ އަ ޓޮބަކޯ އެންޑް ނިކޮޓީން ފްރީ ސްކޫލް” ޝިއާރުގެ ގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ވޭޕިންގ އަދި މަސްތުވާތަކެތީގެ ގެއްލުންތަކާ ބެހޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށެވެ.

ޖެނުއަރީ 13 އިން 16 އަށް އިމާދުއްދީން ސްކޫލާއި ހުރާ ސްކޫލުގައި ކުރިއަށް ގެންދިޔަ ހަތަރު ދުވަހުގެ ހެބަޓް ޕްރޮގްރާމްގައި މިނިސްޓްރީގެ 80 އެއްހާ އޮފިސަރުންނާއި ސްކޫލް ހެޑުންނާއި ޓީޗަރުންނާއި ކައުންސެލަރުންނާއި ހެލްތްކެއާ ޕާސަނަލްގެ އިތުރުން 16 ސްކޫލެއްގެ 195 ދަރިވަރުން ބައިވެރިވެފައި ވެއެވެ. 

މި ވޯކްޝޮޕްގައި ވާހަކަދައްކަވަމުން އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް މަމްދޫހު ވިދާޅުވީ ދުންފަތުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުން ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވޭޕިންއަށް ލޯބި ޖައްސަން ބޮޑު އިންވެސްޓްމެންޓެއް ކުރާ ކަމަށެވެ. 

މިކަން ފާހަގަކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ އީ-ސިނގިރެޓް ދެނެގަންނަން ދަތި ގޮތަކަށް ދަރިވަރުން އެ އެއްޗެހި ސްކޫލަށް ވައްދާ ކަމަށެވެ. އެ އެއްޗެހި ގަލަން ފަދަ އެއްޗެހީގެ ސިފައިގައިވެސް މިހާރު ހުންނާތީ ޓީޗަރުންނަށް އެ އެއްޗެހި ފަސޭހައިން ދެނެގަންނަން އުނދަގޫ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މެޓަލް ޑިޓެކްޓާސް ސްކޫލްގައި އިންސްޓޯލްކުރުމާއި ބެހޭގޮތުން އޭނާ ވާހަކަދެއްކެވިއެވެ. 

“ދަރިވަރަކު ސްކޫލަށް ގެނައި ނަމަވެސް ޓީޗަރުންނަށް އީ-ސިނގިރޭޓެއް ދެނެގަނެވޭ ގޮތެއް ނުވެދާނެ. އެހެންވެ އަޅުގަނޑުމެންގެ ސްކޫލުގައި މެޓަލް ޑިޓެކްޓަރު ހަރުކުރާނަން،” އޭނާ ވިދާޅުވި އެވެ.

މަމްދޫހު މިފަދައިން ވިދާޅުވެފައިވާއިރު މި ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތް ޑެޕިއުޓީ މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ. ފާޠިމަތު ނިޝާން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާއި އީ-ސިނގިރޭޓް ބޭނުންކުރުމުގެ ނުރައްކާ ބޮޑުވަމުންދާތީ ސްކޫލްތަކަށް ވަސީލަތްތަކާއި ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަސައްކަތް އެޑިއުކޭއޭޝަން މިނިސްޓްރީ އިން ފަށާނެ ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރަށްވެސް، އެން.އޭ.އާރް.ސީ.ސީގެ ޑެޕިއުޓީ ކޯޑިނޭޓަރު އަދި ހެބަޓް ޕްރޮގްރާމްގެ ލީޑް އެސޯސިއޭޓް ޕްރޮފެސަރ، ޑރ. ނޫރު އަމާނީ އަޙްމަދު ތާޖުއްދީން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ރާއްޖޭގައި އިތުރު ތަމްރީނުތައް ހިންގުމުގެ ޕްލޭންތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އޮގަސްޓް މަހު ޓީމު ގެނައުމަށް މަޝްވަރާ ކުރަމުން،" ނޫރު އަމާނީ ވިދާޅުވި އެވެ.

ފެމިލީ މެޑިސިން ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ނޫރު އަމާނީ ވިދާޅުވީ އެން.އޭ.އާރް.ސީ.ސީ ހަތް މެމްބަރުންގެ ޓީމުގައި މެޑިސިން، ސައިކިއޭޓްރީ، ކައުންސެލިން، އެޑިއުކޭޝަން އަދި މާސް ކޮމިއުނިކޭޝަން ފަދަ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.