ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އިޖްތިމާޢީ ކޮމިޓީގައި.. ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
18 Feb 2025 | 15:48
މައުލޫމާތު ފުރިހަމަކޮށް ހުށަހެޅުމުން ދެ ހަފްތާ ތެރޭ ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ދޫކުރެވޭނެ: ޑރ. ހައިދަރު

ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ މައުލޫމާތު ފުރިހަމަކޮށްފައި އެޕްލިކޭޝަން ހުށަހެޅުމުން ދެ ހަފްތާ ތެރޭގައި ސަރުކާރުން ފައިސާ ދޫކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކަންކަމާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވީ ފަންޑު ދޫކުރުން ލަސްވަނީ ދަރިވަރުން މައުލޫމާތު ފުރިހަމަނުކޮށް އެޕްލިކޭޝަން ހުށަހެޅުމުން ނުވަތަ ފައިސާ ދެއްކުމުގެ ސުންގަޑި ކައިރިވުމުން އެޕްލައި ކުރުމުން ކަމަށެވެ.

ސުންގަޑިއާ ކައިރިކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމުން ގޮންޖެހުންތަކެއް ކުރިމަތިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުގެ ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާ މައުލޫމާތު ޔަގީންކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ. މި ހުރިހާ މަރުހަލާތަކަށް ވަގުތު ނަގާކަން މިނިސްޓަރު ފާހަގަކުރެެއްވިއެވެ.

ނަމަވެސް މައުލޫމާތު ފުރިހަމަ އެޕްލިކޭޝަނަކާއިއެކު އެއް ހަފްތާއާއި ދެ ހަފްތާގެ ތެރޭގައި ފައިސާ ދޫކުރުން އަވަސްވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީގެ ފަރާތުން ކޮމިޓީއަށް ހާޒިރުވި މަންދޫބު މަރިޔަމް މުޙައްމަދު ވިދާޅުވީ ރާއްޖެއިން ބޭރުގެ ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕް ފަންޑު ދޫކުރަނީ އަހަރެއްގެ މައްޗަށް ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. ލޯނު ލިބޭ ފަރާތްތަކަށް ފުރަތަމަ ފައިސާ ދެއްކުމުގައި ޓިއުޝަން ފީ އާއި ހަ މަސް ދުވަހުގެ ސްޓައިޕެންޑް ހިމެނޭއިރު ދެވަނަ ބުރުގައި ދޫކުރާނީ ބާކީ ހަ މަހުގެ ސްޓައިޕެންޑު ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޕްރެޒިޑެންޝަލް ސްކޮލަޝިޕް ލިބޭ ފަރާތްތަކަށާއި އެހެނިހެން ސްކޮލާޝިޕްގެ ދަށުން ކިޔަވާ ކުދިންގެ ޓިއުޝަން ފީ ދޫކުރަނީ ޔުނިވާސިޓީ އިންވޮއިސް ލިބުމުން ކަމަށާއި، ލިވިން އެލަވަންސް ދޭނީ އަހަރަކު ދެ ފަހަރަށް ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.