26 Apr 2019 | 23:14
ލަންކާއިން ހަ ދިވެހިން ގެންދިޔައީ ބަލާފާސްކުރުމުގެ ތެރެއިން!

މިއަދުގެ ވަގުތެއްގައި ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދިޔަ ބަލާފާސްކުުރުންތަކެއްގައި ހަ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަ ދިވެހިންގެ ތެރެއިން ހަތަރު ދިވެހިން ބެލުމުގެ ދަށަށް ގެންދިޔައީ އެއާޕޯޓު ކައިރި ނިގަމްބޯ ސަރަހައްދުންނެވެ. އަދި އަނެއް ދެ ދިވެހިން ހައްޔަރުކޮށްފައިވަނީ ކޮލަމްބޯގެ ހިސާބަކުންނެވެ.

މިގޮތުން ނިގަމްބޯއިން ގެންދިޔައީ އިންޖީނިއަރިންްގް ކިޔަަވަމުން ދިޔަ ދަރިވަރުންތަކެކެވެ. އެ ކުދިން ގެންގޮސްފައިވަނީ އެކުދިން ގެންގުޅުނު އެއާ ރައިފަލްއެއް ގެންގުުޅުމަށް ސައްހަ ހުއްދައެއް ނެތުމުންނެވެ. އެނގިފައިވާ ގޮތުގައި އެ ރައިފަލް އެކުދިންނަށް ވިއްކި ފަރާތުން ދީފައިވަނީ ފޭކް ހުއްދައެވެ.

ސްރީލަންކާގައި އާންމު އުސޫލެއްގެ ގޮތުންވެސް ސައްހަ ހުއްދައެއްެނެތި ބަޑި ގެންގުޅުމަކީ މަނާ ކަމެކެވެ.

ކޮލަމްބޯގެ ސަރަަހައްދަކުން ގެންދެވުނު ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ އެގޭ ބަލާފާސްކުރިއިރު، އެގޭގައި ދިރިއުޅޭ އިންޓަރނޭޝަނަލް ރިލޭޝަންސް ކިޔަވާ ދަރިވަރަކު ކިޔަން ގެންގުޅުނު އައިއެސް ޖަމާއަތާއި ބެހޭ ފޮތެއް ފެނިގެންެނެވެ. ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ދަރިވަރު މިވަގުތު ހުރީ ޗުއްޓީ ދަތުރެއްގައި މާލޭގައެވެ. ފުލުހުންގެ ހައްޔަރަށް ގެންދެވިފައިވަނީ އެކުއްޖާގެ ބޭބެއެކެވެ.

މީގެ އިތުރުން އެގެއިން ވަނީ ބޭސްފަރުވާއަށް ގޮސްފައިވާ ހުރި މީހަކުވެސް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި އެ މީހަކީ އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް ފުނަމާއެވެ. ފުނަމާއަކީ އާންމުގޮތެއްގައި ބޭސްފަރުވާއަށް ލަންކާއަށް ގޮސް، އެގޭގައި ހުންނަ މީޙެކެވެ.

މިފޮތަކީ ޖޯބީ ވޮރިކް ނަމަކަށް ކިޔާ ފަރާތަކުން ލިޔުނު، ބްލެކް ފްލެގްސް: ދަ ރައިސް އޮފް އައިސިސް ކިޔާ ފޮތެކެވެ. މި ފޮތަކީ ސްރީލަންކާގެ ބުކްޝޮޕަކުން އެ ދަރިވަރު ގަތް ފޮތެކެވެ.

މި ފަރާތްތަކުގެ ބަންދުގެ މުއްދަތާާއި މެދުއިން ގޮތެއް ނިންމުމަށް މާދަމާ ކޯޓަށް ހާޒިރުކުރާނެކަމަށް ބެލެވެއެވެ. އެފަރާތްތަކުގެ ހާލު އެމްބަސީން ދަނީ ވީ މިންވަރަކުން ބަލަމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާއަކާއި ގުޅިގެން އެގައުމުގެ ހުރިހާ ގެތަކެއް ބަލާފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.