މިޔަރު ހަމަލާއެއް އަމާޒުވި ރަޝިޔާ ފަތުރުވެރިއެއް---ފޮޓޯ: ޔުނިލެޑް
ހަބަރު
19 Feb 2025 | 09:31
ފަތުރުވެރިއަކަށް މިޔަރު ހަމަލާ ދޭ ވާހަކަ ބޭރުގެ މީޑިއާތަކާއި ހަމައަށް!

ފަތުރުވެރިއަކަށް ރާއްޖެ ކަނޑުން ލިބުނު މިޔަރު ހަމަލާއެއްގެ ވާހަކަ ބޭރުގެ މީޑިއާތަކާއި ހަމައަށް ގޮސްފިއެވެ. 

ބޭރުގެ މީޑިއާއެއް ކަމުގައިވާ "ޔުނިލެޑް" އިން މީގެ ދެ ދުވަސް ކުރިން ރިޕޯޓްކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރަޝިޔާގެ ދެ ފަތުރުވެރިންނެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށެވެ. މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ރަޝިޔާގެ އިންފެލޫއެންސާއެއް ކަމުގައިވާ ނަސްޓްޔާ ވިޓޮނޯވާއަށެވެ. ވިޓޮނޯވާ ރީލްއެއް ތައްޔާރުކުރަން އިނީ މިޔަރުތައް ތިބި ސަރަހައްދެއްގައެވެ. ކުއްލިއަކަށް އޭނާގެ އަތުގައި މިޔަރެއް ދަތްއަޅާތަން ވީޑިއޯ އިން ދައްކައެވެ. 

އެމީހުންނާއި އެއްކޮށް ދަތުރުކުރަމުންދިޔަ ޓުއާ ގައިޑް އޭގެ ފަހުން މި ދެ ފަތުރުވެރިން ކައިރި ހޮސްޕިޓަލަކަށް ގެންގޮސްފައި ވެއެވެ. އެ ވީޑިއޯގައި ވިޓޮނޯވާ އިނީ ރޯށެވެ. އަދި އޭނާގެ ލޭ ވިހަވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. 

އޭނާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ލޭ މަނާވެފައި ވެއެވެ. 

އެ ނޫހުން ވަނީ ރަޝިޔާގެ އިތުރު ފަތުރުވެރިއަކަށް ދިމާވި މިފަދަ ހާދިސާއެއްވެސް ރިޕޯޓްކޮށްފައެވެ. އެލީނާ ބޮއިކޯ ނަމަކަށް ކިޔާ އުމުރުން 44 އަހަރުގެ ފަތުރުވެރިއެއް އެ ނޫހަށް މައުލޫމާތުދިން ގޮތުގައި އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް އޭނާގެ ޓުއާ ގައިޑް "ސްވިމް ވިތް ޝާކްސް" ނަމުގެ ދަތުރަކަށް އޭނާ ގެންގޮސްފައި ވެއެވެ. މި ދަތުރުގައި އެލީނާގެ ޓުއާ ގައިޑް، މިޔަރުތައް ތިބި ސަރަހައްދަކަށް އޭނާ ގެންދަންވެގެން ޕްރެޝާ ކުރި ކަމަށް އެލީނާ ކިޔާދީފައި ވެެއެވެ. އެފަހަރު އޭނާގެ އަތުގައި މިޔަރުގެ ބާވަތެއް ކަމުގައިވާ ނާސް ޝާކެއް ދަތްއަޅާފައިވާ ކަމަށް އެލީނާ ކިޔާދިނެވެ. 

ފަހަކަށް އައިސް މިޔަރު ހަަމަލާ ދިނުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. ފީނަންދާ ފަރާތްތަކާއި މަސްވެރިންނަށް އަމާޒުވާ މިޔަރު ހަމަލާތައް ގިނަވަމުންދާއިރު މިޔަރަކީ އަދިވެސް ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ މަހެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.