ސްރީ ލަންކާގެ ގޭންގްލީޑަރ ގަނެމުއްލާ--ފޮޓޯ: ޑެއިލީ މިރާ އޮންލައިން
ދުނިޔެ
20 Feb 2025 | 10:02
ލަންކާގެ ގޭންގް ލީޑަރެެއް ޝަރީއަތުގައި ހުއްޓާ މަރާލައިފި

ސްރީ ލަންކާގެ ގޭންގް ލީޑަރެއް ކަމަށް ތަހުމަތު ކުރެވޭ ގަނެމުއްލާ ސަންޖީވާ، ކޮލަމްބޯ ހަލްފްޓްސްޑޯޕް ކޯޓް ކޮމްޕްލެކްސް ތެރެއަށް ވަންނަން އުޅެނިކޮށް އޭނާ މަރާލައިފިއެވެ. 

ދަ ޓެލެގްރާފް އިން ރިޕޯޓްކުރި ގޮތުގައި ސަންޖީވާ މަރާލާފައިވަނީ ވަކީލެއް ކަމަށް ހެދިގެން އައި މީހެކެވެ. ސަންޖީވާ މަރުވެފައިވަނީ ބަޑީގެ ހަަމަލާއެއް އަމާޒުވެގެންނެވެ. އިއްޔެ އޭނާ މަރާލާފައިވަނީ ކަފާލާތުގެ އަޑުއެހުމެއްގައި ބައިވެރިވާން އުޅެނިކޮށެވެ. 

ސަންޖީވާ ކޯޓަށް ގެނައީ ބޮޑެތި ހަތިޔާރު އެޅި ގާޑުން ހިމެނޭ ސްޕެޝަލް ޓާސްކް ފޯސްގެ ކޮމާންޑޯތަކުންނެވެ. 

ސްރީ ލަންކާ ފުލުހުންގެ އިސް ސުޕްރިންޓެންޑެންޓް ބުޑިކާ މަނަތުންގާ ބުނީ ބަޑިޖެހި މީހާ ފިލުމުގެ ކުރިން ވަކީލެއް ކަމަށް ހެދިގެން ކޯޓު ޗެމްބަރުގެ ތެރޭގައި ބަޑިޖަހާފައިވާ ކަމަށެވެ. މިހަމަލާގައި ބޭނުންކުރި ރިވޮލްވަރު ވަނީ ކޯޓު ތެރޭގައި ބާއްވާފައެވެ. އެއާއެކު، މިހާރު ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކޮށް ބަޑިޖެހި ފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. 

ސަންޖީވާއަށް ލިބުނު ސީރިއަސް އަނިޔާއަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔަފަހުން ހޮސްޕިޓަލުން ވަނީ އޭނާގެ މަރު ސާބިތުކޮށްފައެވެ.

ފުލުހުން ބުނީ ސަންޖީވާއަކީ ވަރަށް ބައިވަރު ކުށްތަކުގެ ދައުވާ އުފުލޭ ކުށްވެރިއެއް ކަމަށެވެ. އަދި ތަކުރާރުކޮށް އެތައް ފަހަރެއް މަތިން އޭނާ ފުލުހުންނަށް ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. ސެޕްޓެމްބަރު 13، 2023 ގައި ސަންޖީވާ ހައްޔަރުކޮށްފައިވަނީ ނޭޕާލުން އެނބުރި އައިސް ކަޓޫނާޔަކޭގެ ބަންޑާރަނައިކޭ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރި އިރު ހުރީ ވަގު ޕާސްޕޯޓެއް ހިފައިގެން ކަމަށް ތުހުމަތު ކުރެވެ އެވެ.

އޮފިޝަލުން ދެކޭ ގޮތުގައި ސަންޖީވާ ހައްޔަރު ކުރުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުމަށް ފަހު އެނބުރި ލަންކާއަށް އައުމުގެ ކުރިން ދޯންޏަކުން އިންޑިއާއަށް ވަދެ، ފަހުން ނޭޕާލަށް ފިލައިގެން ގޮސްފައިވެ އެވެ.

ސަންޖީވާ މަރާލާފައިވަނީ ލަންކާގައި ގޭންގް ކުށްތައް ގިނަވަމުންދާ ދަނޑިވަޅެއްގައެވެ. ގޭންގް ކުށްތަކުގެ ތެރެއިން މިއަހަރު އެކަނިވެސް 9 ލަންކާ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކައެވެ. ކަން މިހެން އޮތް ހިނދު، ކޯޓެއްގެ ތެރޭގައި މީހަކު މަރާލާފައިވާތީ، ލަންކާ އާންމުން ދަނީ ސްރީ ލަންކާގެ ދާހިލީ ސެކިއުރިޓީއާއި ދޭތެރޭ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.